މިއަހަރުގެ ރޯދަމަހު ވެސް ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9 އިން މެންދުރުފަހު 1 އަށް
މިއަހަރުގެ ރޯދަމަހު ވެސް ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9 އިން މެންދުރުފަހު 1 އަށް ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުން ބުނީ ކުރިއެކޭވެސް އެއްފަދައިން މިއަހަރުގެ ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ ވެސް ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9 އިން މެންދުރުފަހު 1 އަށް ކަމަށެވެ.
އެހެންކަމުން އެ ދުވަސްތަކުގައި އެ ވަގުތަށް ފައްތައިގެން މަސައްކަތްތައް ރޭވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ރައީސް އޮފީހުން ވަނީ އެދިފައެވެ.
މިފަދައިން ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތުގެ ގަޑިތައް ހަމަޖައްސައި، އެކަމާ ގުޅޭ ދެންނެވުމެއް ރައީސް އޮފީހުން ނެރުނީ 2022 ވަނަ އަހަރުގެ މާރިޗު މަހުގެ 6 ވަނަ ދުވަހުއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް