ސްރީލަންކާގެ މަސްބޯޓެއް އޮޔާދާތީ އެމްއެންޑީއެފުން އެހީތެރިވަނީ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
އައްޑު އަތޮޅު ހުޅަނގުން ސްރީލަންކާގެ މަސްބޯޓެއް އިންޖީނު ހުއްޓި އޮޔާދާތީ އެމްޢެންޑީއެފުން އެ ބޯޓު މޮނީޓަރ ކުރަން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ، އެ ބޯޓު އޮޔާދާ ކަމަށް މަޢުލޫމާތު ލިބިފައިވާތީ، އެމްއެންޑީއެފް ކޯސްޓްގާޑުން ބޯޓްގެ ކަންކަން ވަރަށް ގާތުން ބަލައި މޮނީޓަރ ކުރަމުންދާ ކަމަށެވެ.
އަދި މި ބޯޓް މިހާރު އޮތީ ސ.ހިތަދޫގެ ހުޅަނގުން 70 ނޯޓިކަލް މޭލު ބޭރުގައި ކަމަށާ އެ އުޅަނދު އޮޔާ އަންނަނީ އައްޑޫސިޓީ ހިތަދޫ ކޯއްޓޭއާ ދިމާލަށް ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
އެމްއެންޑީއެފުން އިތުރަށް މައުލޫމާތު ދިން ގޮތުގައި، މި ބޯޓަކީ ފެހިކުލައާއި ނޫކުލަ ލާފައިވާ އުޅަނދެކެވެ.
އަދި ބޯޓްގެ ފަޅުވެރިންގެ ހާލު ރަނގަޅުކަމަށް މި ބޯޓުން މަޢުލޫމާތު ދޭ ކަމަށްވެސް ބުންޏެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް