އުރީދޫން އިންތިޒާމްކޮށްގެން ޕީއެސްޖީގެ ކުރީގެކުޅުންތެރިޔާ ޖޭ-ޖޭ އޮކޯޗާ ބައިވެރިވި ލެޖެންޑަރީ ފުޓްސަލް މެޗްގެ ތެރެއިން
އުރީދޫން އިންތިޒާމްކޮށްގެން ޕީއެސްޖީގެ ކުރީގެކުޅުންތެރިޔާ ޖޭ-ޖޭ އޮކޯޗާ ބައިވެރިވި ލެޖެންޑަރީ ފުޓްސަލް މެޗްގެ ތެރެއިން
ވިޔަފާރި 10 Jul 2024 | 07:52

އުރީދޫން އިންތިޒާމްކޮށްގެން ޕީއެސްޖީގެ ކުރީގެކުޅުންތެރިޔާ ޖޭ-ޖޭ އޮކޯޗާ ބައިވެރިވި ލެޖެންޑަރީ ފުޓްސަލް މެޗެއް

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

އުރީދޫ މޯލްޑިވްސް އިން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ލެޖެންޑް ޖޭ-ޖޭއޮކޯޗާ ބައިވެރިވާ ތާރީހީ ފުޓްސަލް މެޗެއް މިއަދު (ޖުލައި 8) މާލޭގެ ގަލޮޅު ދަނޑުގައި ބާއްވައިފި އެވެ.

މި މެޗްގައި ޖޭ-ޖޭ އޮކޯޗާއާއެކު ރާއްޖޭގެ ނައިބު ރައީސް އޒ ހުސައިން މުހައްމަދު ލަތީފް، "ޕްލޭ ފުޓްސަލް ވިތު އޮކޯޗާ" ސޯޝަލް މީޑިއާމުބާރާތުން ތިން ނަސީބުވެރިންނާއެކު ބައިވެރިވެފައެވެ. އެ މީހުންގެ ވާދަވެރިންނަކީ އުރީދޫ މޯލްޑިވްސްގެ އެމްބެސެޑަރުން ކަމަށްވާ މާޒިޔާޓީމެވެ.

އެކުވެރިކަމުގެ މި ފުޓްސަލް މެޗަކީ ޖޭ-ޖޭ އޮކޯޗާ ރާއްޖެއަށް ކުރި ދަތުރުގެ އެންމެފާހަގަކޮށްލެވޭ ހަރަކާތަށް ވެގެން ދިޔައިރު، ޓެލެވިޒަން މޯލްޑިވްސް އިން ލައިވް ކޮށްމި މެޗު ގެނެސްދެވުނެވެ. މި މެޗަކީ 20 މިނެޓުގެ ދެ ހާފްގެ ހިމެނޭ ފުޓްސަލް މެޗެކެވެ. ޓީމް މާޒިޔާ މޮޅުވީ 7-5 ގެ ނަތީޖާއަކުންނެވެ.

ޓީމުތައް

ޓީމު ލެޖެންޑްސް

ޖޭ-ޖޭ އޮކޯޗާ، ޕީއެސްޖީ ލެޖެންޑް

ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ނައިބު ރައީސް - އަލްއުސްތާޛު. ޙުސައިން މުޙައްމަދުލަޠީފް

ކުޅިވަރާ ބެހޭ ވަޒީރު - ޢަބްދުالله ރަފީޢު

އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ - ޚާލިދު އަލް- ހަމާދީ

އަލީ އަޝްފާގު (ދަގަނޑޭ)

(ކުރީގެ ގައުމީ ޓީމުގެ ކެޕްޓަން) މުޙައްމަދު ކަލީމް

ޕްލޭ ފުޓްސަލް ވިތު އޮކޮޗާ ސޯޝަލް މީޑިއާ މުބާރާތުގެ 3 ނަސީބުވެރިން

ކޯޗު: އަލީ ސުޒައިން

ޓީމު މާޒިޔާ

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް، އުރީދޫ އެމްބެސެޑަރުން

“ޕީ.އެސް.ޖީ ލެޖެންޑް ޖޭ-ޖޭ އޮކޯޗާ އާއެކު ދިވެހިރާއްޖޭގެ ނައިބު ރައީސް އަދި ރާއްޖޭގެ ލެޖެންޑްސް ބައިވެރިވާ މި މެޗު ރާވާ ބޭއްވުމަކީ އުރީދޫއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް. މިފަދަ ހަރަކާތްތަކަކީ ކުޅިވަރުގެ ސަބަބުން މުޖުތަމައުގެ އެއްބައިވަންތަކަން ކުރިއެރުވޭނެ ކަން ރަމްޒުކޮށްދޭ ހެއްކެއް." އުރީދޫގެ ސީއީއޯ އަދި އެމް.ޑީ، ޚާލިދު އަލް ހަމާދީ ވިދާޅުވިއެވެ.

އުރީދޫއިން ބުނީ ޕްލޭ ފުޓްސަލް ވިތު އޮކޮޗާ" ސޯޝަލް މީޑިއާ މުބާރާތަށް ގިނަ ބައެއްގެ ސަމާލުކަންލިބިގެންދިޔަކަމީ، ދިވެހި މުޖުތަމައުގެ މެދުގައި ފުޓްބޯޅައަށް އޮތް ހިތްވަރާއި ލޯބިފެނިގެންދިޔަކަމެއް ކަމަށެވެ. މި މުބާރާތުގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ގުރުއަތުން ނެގުނު 3 ނަސީބުވެރިންނަށް ފުޓްބޯޅައިގެ އެންމެ މޮޅު އެއް ނަން ކަމަށްވާ ޖޭ-ޖޭއޮކޯޗާއާ އެކު ކުޅުމުގެ ތަފާތު ތަޖުރިބާ ކުރެވިގެން ދިޔައެވެ.

އުރީދޫ އާއި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ގުޅިގެން ކުރިއަށް ގެންދާ މިހަރަކާތަކީ އެއްބައިވަންތަ ކަމެއްގެ ގޮތުގައި ފުޓްބޯޅަ ފާހަގަކޮށް، އުރީދޫގެ ކަސްޓަމަރުންނާއިއެކު ގުޅުން ބަދަހިކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދެވޭ ހަރަކާތެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުމުރުން ދުވަސްވީ މީހުން ސްކޭމްތަކުން ރައްކާތެރިކުރުމަށް އުރީދޫއާއި ފުލުހުން ސެޝަނެއް ބާއްވައިފި
23 Sep 2026 ވިޔަފާރި

އުމުރުން ދުވަސްވީ މީހުން ސްކޭމްތަކުން ރައްކާތެރިކުރުމަށް އުރީދޫއާއި ފުލުހުން ސެޝަނެއް ބާއްވައިފި

އުރީދޫ މޯލްޑިވްސްއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މާލެ އަދި ހުޅުމާލޭގެ އިސްރަށްވެހިންގެ ނާދީގައި ދޮށީ ޢުމުރުގެ މީހުންނަށް ޑިޖިޓަލް ރައްކާތެރިކަމާއި ސްކޭމްތައް ދެނެގަތުމާ ގުޅޭ ސެޝަނެއް ބާއްވައި...

އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ، އަދި ބޮޑު އިނާމަކަށް 100،000 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް
22 Sep 2026 ވިޔަފާރި

އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ، އަދި ބޮޑު އިނާމަކަށް 100،000 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް

އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ...

އުރީދޫ ފިންޓެކުގެ ރާއްޖޭގެ ކަންޓްރީ ހެޑަކަށް ނޫމާން ހަމަޖައްސައިފި
17 Sep 2026 ވިޔަފާރި

އުރީދޫ ފިންޓެކުގެ ރާއްޖޭގެ ކަންޓްރީ ހެޑަކަށް ނޫމާން ހަމަޖައްސައިފި

ޓެލެކޮމް އަދި ޑިޖިޓަލް ޕްރޮޑަކްޓުގެ ދާއިރާގައި ދިހަ އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯދާފައިވާ އަޙްމަދު ނޫމާން އުރީދޫ ފިންޓެކުގެ ރާއްޖޭގެ ކަންޓްރީ ހެޑް ގޮތުގައި އައްޔަންކޮށްފިއެވެ. ނޫމާން މީގެ ކު...

ހަތަރުވަނަ އޭޓީވީ ފާތުމަތު އަޒުމާއަށް! އުރީދޫގެ 'ހިނގާ' އޭޓީވީ ޕްރޮމޯޝަނުގައި އަދި އިތުރު 2 އޭޓީވީ ދޭނެ
07 Sep 2026 ވިޔަފާރި

ހަތަރުވަނަ އޭޓީވީ ފާތުމަތު އަޒުމާއަށް! އުރީދޫގެ 'ހިނގާ' އޭޓީވީ ޕްރޮމޯޝަނުގައި އަދި އިތުރު 2 އޭޓީވީ ދޭނެ

އުރީދޫ މޯލްޑިވްސްއިން އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ 'ހިނގާ' އޭޓީވީ ޕްރޮމޯޝަންގެ ހަތަރުވަނަ ނަސީބުވެރިޔަކަށް ލ. މާބައިދޫ، ފާތުމަތު އަޒުމާ ހޮވިއްޖެއެވެ. 2026 ވަނަ އަހަރުގެ ނިޔަލަށް ޖުމް...

43،000ރ ގެ އިނާމާއެކު އުރީދޫ މަސް ރޭސް އަންނަ ހުކުރު ދުވަހު ބާއްވަނީ
26 Aug 2026 ވިޔަފާރި

43،000ރ ގެ އިނާމާއެކު އުރީދޫ މަސް ރޭސް އަންނަ ހުކުރު ދުވަހު ބާއްވަނީ

މަސްވެރިކަމުގެ ވުޒާރާއާ ގުޅިގެން އުރީދޫ މޯލްޑިވްސްއިން އިންތިޒާމުކުރާ އުރީދޫ މަސް ރޭސް 2026, މި ހުކުރު ދުވަހު ކ. މާފުށީގައި ބާއްވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ. މިފަހަރުގެ މުބާރާތުގައި 16 ޓީމު ބަ...

އުރީދޫ ނޭޝަންސްއާ ގުޅިގެން ބޭއްވި ޕީއެމްއެންސީ މޯލްޑިވްސް ފޯލްގެ ގަދަ ތިން ޓީމު ސަރަޙައްދީ މުބާރާތުން ޖާގަ ހޯދައިފި
16 Aug 2026 ވިޔަފާރި

އުރީދޫ ނޭޝަންސްއާ ގުޅިގެން ބޭއްވި ޕީއެމްއެންސީ މޯލްޑިވްސް ފޯލްގެ ގަދަ ތިން ޓީމު ސަރަޙައްދީ މުބާރާތުން ޖާގަ ހޯދައިފި

އުރީދޫ ނޭޝަނާ ގުޅިގެން ބޭއްވި ޕަބްޖީ މޮބައިލް ނޭޝަނަލް ޗެމްޕިއަންޝިޕް (ޕީއެމްއެންސީ) 2026 މޯލްޑިވްސް ފޯލްގެ ޗެމްޕިއަންކަމާއި ރަނަރއަޕް މަޤާމުތައް ސިންޑިކޭޓް އެލްއެންއެން އެސްޑީއެމްޒެޑް އަދި ޑީސީއެމް ޑ...