ފަރެސްމާތޮޑާ ދާއިރާއަށް ވާދަކުރައްވާ ޝަމީމް
ފަރެސްމާތޮޑާ ދާއިރާއަށް ވާދަކުރައްވާ ޝަމީމް
ރިޕޯޓް 20 Apr 2024 | 12:52

ފިޔޯރީ އަދި ރަތަފަންދޫ އެދެނީ ސިޔާސީ ހެޔޮ ބަދަލަކަށް

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ރައްޔިތުންގެ މަޖިލީހުގައި 90 އަށްވުރެ ގިނަ ދާއިރާތައް އޮތް އިރު، އާއްމުކޮށް  ތަރައްގީ އާއި ކުރިއެރުން އަންނަތަން ފެންނަނީ ދާއިރާގެ ރަށްތަކުގެ ތެެރެއިން އާބާދީގެ ގޮތުން ބޮޑު، ރަށްތަކަށެވެ. އާބާދީ ކުދި ރަށް ރަށަށް އޮންނަނީ އަޅާ ނުލެވިފައެވެ. މިއީ އަބަދުވެސް، ހުރިހާ ދާއިރާއެއްގައި ހެން ކަން ވަމުން އަންނަ ގޮތް ކަމީ އެންމެންވެސް ގަބޫލު ކުރާނެ ހަގީގަތެވެ. އެ ތަފާތު ކުރުންތަކުގެ  ސަބަބުން އާބާދީގެ ގޮތުން ކުދި ރަށްރަށުގެ ރައްޔިތުން ތިބެނީ މާޔޫސްވެ އުއްމީދު ކަނޑާލައިގެންނެވެ. ތަރައްގީ އަކީ އެ ރަށްތަކަށް އަންނާނެ އެއްޗެއް ކަމަށް މީހަކު ބުނި ނަމަވެސް އެއީ ކުލައެއް ނުޖެހޭނެ ހުވަފެނެއްކަން އެ ރައްޔިތުންގެ ހިތާއި ހިތުން ތިބެނީ ކިޔާލަ ކިޔާލައެވެ.

އެހެން ނަމަވެސް، އެކަން ބަދަލު ކުރަން އަތުކުރި އޮޅާލައިގެން ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވަން ތައްޔާރު ހުންނެވި ކެންޑިޑޭޓުންގެ ތެރޭގައި ޔަގީނުންވެސް ހިމެނޭނެ އެއް ކެންޑިޑޭޓަކީ ފަރެސްމާތިޑާ ދާއިރާއަށް ވާދަކުރައްވާ އަމިއްލަ ކެންޑުޑޭޓް، ކެންޑިޑޭޓް ނަމްބަރު 1، ގދ. ފިޔޯރީ، ރިހިދޯދި، ޝަމީމް މުހައްމަދު އިސްމާޢީލެވެެ.

ފަރެސްމާތޮޑާއާއެކު ރަތަފަންދޫ އަދި ފިޔޯރީގެ އަޑުވެސް މަޖިލީހަށް

ނިމިދިޔަ ސަރުކާރު ތަކާއި މިހާތަނަށްވެސް ފަރެސްމާތޮޑާ، ރަތަފަންދޫ އަދި ފިޔޯރީގެ ގޮނޑި ތަމްސީލް ކުރައްވަން ތިއްބެވި މެންބަރުންގެ ފަރާތުން ރަތަފަންދޫ އަދި ފިޔޯރީއަށް މާ ބޮޑު ސަމާލުކަމެއް ދީފައި ވާތަން ފެންނަން ނެތް ކަމަށް ޝަމީމް ވިދާޅުވެއެވެ. އަދި އެއީ އެ ދެ ރަށުގެ ރައްޔިތުންގެވެސް ނުހަނު ބޮޑު ކަންބޮޑުވުމެއްކަން އޭނާ ފާހަގަކުރައްވާ އެވެ.

މިފަދައިން ކަން ދިމާވާންޖެހުނު މައިގަނޑު ސަބަބަކީ އާބާދީގެ ގޮތުން ކުޑަވުމާއި، ސިޔާސީ ބާރުވެރިކަން ނެތުން ކަމަށް ޝަމީމް ވުދާޚުވެއެވެ. އޭގެ ސަބަބުން  ރަތަފަންދޫ އަދި ފިޔޯރީ މިބާތަނަށްވެސް އޮތީ ތަރައްގީގެ ޗާޓުން ފޮހެވިފައިކަމަށް އޭނާ ވުދާޅުވެއެވެ.

ފާއިތުވި 10 އަހަރު ދައުލަތުން ދާއިރާ ތަކަށް ކަނޑައަޅާ ތަރައްގީގެ ޕީއެސް އަޕީ ބަޖެޓުގެ %70 ވަކި ރަށަކަށް ފަހިވާގޮތަށް ކަނޑައަޅާ ފިޔޯރީ އަދި ރަތަފަންދޫ ބާކީ ވެފަ އޮތުން މީ ސިޔާސީ އާޖީލަކަށް ފުރުސަތު ދޭންޖެހޭ ކަމެއް

ޝަމީމް މުހައްމަދު އިސްމާޢީލް

ކަން މިހެން ހުރުމުން، ޝަމީމް އަކީ ރަތަފަންދޫ އާއި ފިޔޯރީ ތަރައްގީގެ ޗާޓުގެ ކުރިއަށް އަރުވައި އެ ދެރަށަށް ތާރީޚީ ބަދަލެއް ގެނައުމަށް އަމާޒުހިފައި، އެ އަމާޒާއި ހަމައަށް ވާސިލް ވުމަށް، މަޖިލީހުގެ ތެރެއިން ކުރަންޖެހޭ ކަންކަން ކޮށް ދެ ރަށުގެ އަޑުވެސް މަޖިލީހަށާއި ސަރުކާރަށް އިއްވަދޭނެ ކެންޑިޑޭޓެއް ކަމީ އެ ދެރަށުގެ ރައްޔިތުން ގަބޫލު ކުރާނެ ހަގީގަތެކެވެ.

ޝަމީމާއެކު ފިޔޯރީ އާއި ރަތަފަންދޫ ރައްޔިތުންގެ ތަރައްގީއަށް ކުރާ އުއްމީދު ހަގީގަތަކަށް

ރަތަފަންދޫގެ އަދި ފިޔޯރީ އަކީ ވެސް ދިވެހިން ދިރިއުޅޭ ރަށަކަށް ވީހިނދު ދައުލަތަށް ދިވެހިންގެ އަތުން ނަގާ ޓެކްސް ފައިސާ އެ ދެރަށުގެ ރައްޔިތުންގެ އަތުންވެސް ބަރާބަރަށް ނަގަމުންދެއެވެ. ނުވެ އޮތް ކަމަކީ އެއިން އެ ދެ ރަށަށް ލިބެންޖެހޭ ހައްގު މިންވަރު އަދި އަދަށްވެސް ނުލިބުމެވެ.

އެހެންނަމަވެސް، ޝަމީމް ހުރީ އެ ހައްގު މިންވަރު ހޯދައި ދިނުމުގެ އަޒުމުގައެވެ. ފަރެސްމާތޮޑާގެ ރައްޔިތުންނަށް ކުރިއެރުމާއު ތަރައްގީ އާއި ތަނަވަސްކަން ގެނެސްދިނުމަށް މަސައްކަތް ކުރުމާއެކު ފިޔޯރީ އަދި ރަތަފަންދޫ ރައްޔިތުންގެ ހުވަފެންތަކުގައިވެސް ކުލަ ޖެއްސުމުގެ އަޒުމުގައެވެ.

އެގޮތުން އެއް ފަޅެއް ހިއްސާ ކުރާ ރަތަފަންދޫ އާއި ފިޔޯރީ ކޯސްވޭ އަކުން ގުޅާލުމަށް އެ ދެރަށުގެ ރައްޔިތުން ޒަމާނުސުރެން ދެކެމުން އަންނަހުވަފެން ހަގީގަތަކަށް ހަދައި ދިނުމަށް މަޖިޅިހުގެ ތެރެއިން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ޝަމީމް ހުރީ ތައްޔާރަށެވެ.

އަދި ފިޔޯރީގައި މި ސަރުކާރުން އަޅަން ވައުދު ވެފައިވާ މަސް ޕްރޮސެސިން ފެކްޓްރީއަކީ މިދެރަށުގެ ރައްޔިތުން ނުހަނު ބޮޑަށް ހަގީގަތަކަށް ވުން އެދޭކަމެއް ކަމަށް ވާއިރެ އެކަން ހަގީގަތަކަށް ހަދައި ދިނުމަށް މަޖިލީހުގައި ކެނޑިނޭޅި ވަކާލާތު ކޮށް އެކަން ހަގީގަތަކަށް ހަދާފައި މެނުވީ މަސައްކަތް ހުއްޓާލުމުގެ ވިސްނުމެއް އޭނާގެ ނެތެވެ.

ހަމަ އެހެންމެ ފިޔޯރީ ސްކޫލް ހިންގުމަށް ބޭނުންވާ އައު އިމާރާތުގެ މަސައްކަތާއި އެނޫންވެސް އެ ދެރަށާއު ދާއުރާއަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް މަޖިލީހުގެ ތެރެއިން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ޝަމީމް ދެއެވެ.

އެހެންކަމުން، ފިޔޯރީ އަދި ރަތަފަންދޫއަށް ތަރައްގީ ގެނެސް ސިޔާސީ ހެޔޮބަދަލެއްގެނެވޭނީ ދާއިރާއަށް ތަސައްވަރެއް އޮތް، ފިޔޯރީގެ ދަރިއެއް ކަމަށްވާ ޝަމީމްއަށް ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފައިސަލް ކިޔައިދެއްވީ ނޯކިރީކުރެއްވުމުން ފެށިގެން، މަޖިލިސް ރައީސްގެ މަގާމާހަމައަށް ބައްޕާފުޅު ކުރެއްވި ދަތުރު
23 May 2024 ހަބަރު

ފައިސަލް ކިޔައިދެއްވީ ނޯކިރީކުރެއްވުމުން ފެށިގެން، މަޖިލިސް ރައީސްގެ މަގާމާހަމައަށް ބައްޕާފުޅު ކުރެއްވި ދަތުރު

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް ފޮނަދޫ ދާއިރާގެ މެންބަރު އަދި، ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރ އަބްދުއްރަހީމް އަބްދުالله ހަމަޖެއްސެވުމާއިއެކު ބައްޕާފުޅަށް މަރުހަބާ ދަންނަވައި، އެ...

މަޖިލިސް އިންތިހާބު 2024: މުއްދަތު ހަމަވިއިރު މާލީ ބަޔާން ހުށަނާޅާ 182 ކެންޑިޑޭޓުން
22 May 2024 ހަބަރު

މަޖިލިސް އިންތިހާބު 2024: މުއްދަތު ހަމަވިއިރު މާލީ ބަޔާން ހުށަނާޅާ 182 ކެންޑިޑޭޓުން

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރި 368 ކެންޑިޑޭޓުންގެ ތެރެއިން ރޭގެ ނިޔަލަށް މާލީ ބަޔާން ހުށަހެޅީ 186 ކެންޑިޑޭޓުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ. މާލީ ބަޔާން ހުށަހަ...

މަޖިލީސް އިންތިހާބުގައި ވާދަކުރި 368 ކެނޑިޑޭޓުންގެ ތެރެއިން މާލީ ބަޔާން ހުށައެޅީ 91 ކެނޑިޑޭޓުން: އީސީ
21 May 2024 ހަބަރު

މަޖިލީސް އިންތިހާބުގައި ވާދަކުރި 368 ކެނޑިޑޭޓުންގެ ތެރެއިން މާލީ ބަޔާން ހުށައެޅީ 91 ކެނޑިޑޭޓުން: އީސީ

ނިމިދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ވާދަކުރި 368 ކެނޑިޑޭޓުންގެ ތެރެއިން މިހާތަނަށް މާލީ ބަޔާން ހުށަހަޅާފައިވަނީ 91 ކެނޑިޑޭޓުންކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ. މިފަހ...

ކުރެންދޫ ދާއިރާގެ އިންތިޚާބީ މެންބަރު ޝާމިންވެސް ޕީއެންސީއަށް
19 May 2024 ހަބަރު

ކުރެންދޫ ދާއިރާގެ އިންތިޚާބީ މެންބަރު ޝާމިންވެސް ޕީއެންސީއަށް

ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާއަށް އިންތިޚާބުވި މެންބަރު ޝާމިން ހަބީބުވެސް މިއަދު ޕީއެންސީއަށް ސޮއި ކުރައްވައިފި އެވެ. ކުރެންދޫ ދާއިރާއަށް އިންތިޚާބުވި މެންބަރު ޝާމިން ހަބީބު މިއަދުގެ ވަގުތެއ...

އެމްޑީޕީ ދެމިއޮންނާނީ ރައްޔިތުންގެ ހައްޤުތަކަށް ވަކާލާތުކުރުމުގައި ދޫނުދޭނެ ޕާޓީއެއްގެ ގޮތުގައި: ޝާހިދު
14 May 2024 ހަބަރު

އެމްޑީޕީ ދެމިއޮންނާނީ ރައްޔިތުންގެ ހައްޤުތަކަށް ވަކާލާތުކުރުމުގައި ދޫނުދޭނެ ޕާޓީއެއްގެ ގޮތުގައި: ޝާހިދު

އެމްޑީޕީ ދެމިއޮންނާނީ ރައްޔިތުންގެ ހައްޤުތަކަށް ވަކާލާތުކުރުމުގައި ދޫނުދޭނެ ޕާޓީއެއްގެ ގޮތުގައި ކަމަށް އެޕާޓީގެ ރައީސް އަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ. ޝާހިދު މިހެން ވިދާޅުވެފައިވަނީ ކުރިއަށް އޮތް ...

އިންތިހާބުތަކުން ނާކާމިޔާބުވި ސަބަބުތައް ބަލަން އެމްޑީޕީން ދިރާސާ ކުރަނީ
02 May 2024 ހަބަރު

އިންތިހާބުތަކުން ނާކާމިޔާބުވި ސަބަބުތައް ބަލަން އެމްޑީޕީން ދިރާސާ ކުރަނީ

އިދިކޮޅު އެމްޑީޕީ އިންތިހާބުތަކުން ނާކާމިޔާބުވި ސަބަބުތައް އެމްޑީޕީން ދިރާސާ ކޮށް، ރައްޔިތުން އެމްޑީޕީގެ ކުރިމަގަށް ދެކޭ ގޮތް ހޯދައި، ޕާޓީގެ މަގުޗާޓު އެކުލަވާލަން ފާސްކުރުމަށް އެމްޑީޕީގެ ޤައުމީ މަޖިލީ...