ފެމިލީ ކޯޓުގެ އިސްގާޒީ ހަސަން ކްރިމިނަލް ކޯޓަށް ބަދަލުކޮށްފި
ފެމިލީ ކޯޓުގެ އިސްގާޒީގެ ހަސަން ސައީދު، ކްރިމިނަލް ކޯޓަށް ބަދަލުކުރުމަށް ނިންމައިފިއެވެ.
ޖޭއެސްސީން މިގޮތަށް ނިންމާފައިވަނީ، އޭނާ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ނިންމާފައިވަނިކޮށް އެ މައްސަަލައާއި ގުޅިގެން ދިން ޖަވާބަށް ރިއާޔަތްކުރުމަށް ފަހުގައެވެ.
ޖޭއެސްސީން ބުނީ ކޮމެޓީގެ އެ ނިންމުމަށް ޖަވާބުދާރީވާން އިސްގާޒީ ހަސަނަށް ފުރުސަތު ދެއްވުމަށް ފަހު، އެ މައްސަލައިގައި ފަނޑިޔާރެއްގެ ސުލޫކަށް އަސަރުކުރާ ފަދަ ކަންތައްތަކެއް ހުރިކަަމަށް ކޮމެޓީއަށް ފެނިފައިވާކަަމަށެވެ.
ނަމަވެސް އޭނާ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުގެ ބަދަލުގައި ފިޔަވަޅެއްގެ ގޮތުން ނަސޭހަތް ދިނުމާ އެކު އެހެން ކޯޓަކަށް ބަދަލު ކުރަން ކޮމިޝަނުން ނިންމާފައިވާ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ ޖޫން މަހުން ފެށިގެން އިސްގާޒީ ހުންނެވީ ސަސްޕެންޑްކޮށްފައެވެ.
ފޮޓޯ: ސަން
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް