މުދައްރިސުން ނެތް މުޖްތަމައުއެއްގައި ދިރުމެއް ނޯންނާނެ: ފަސްޓްލޭޑީ
މުދައްރިސުން ނެތް މުޖްތަމައުއެއްގައި ދިރުމެއް އަދި އުންމީދެއް ވެސް ނޯންނާނެ ކަމަށް ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގްވާމީ މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި އެކަމަނާ ވިދާޅުވީ، ކޮންމެ މުދައްރިސަކީ ވެސް ދަރިވަރުންނަށްޓަކައި މަންމައެއް ނުވަތަ ބައްޕައެއް ފަދަ ބެލެނިވެރިއްެއް ކަމަށެވެ.
އަދި އެއްޖީލުން އަނެއްޖީލަށް ޢިލްމު ފޯރުކޮށްދެނީ އަދި ފަންނުތައް ވާރުތަކޮށްދެނީ މުދައްރިިސުން ކަމަށާއި، އެ މުދައްރިސުން ނެތް މުޖްތަމައުގައި ކުރިމަގެއް، ތަހުޒީބެއް، ދިރުމެއް އަދި އުންމީދެއް ވެސް ނޯންނާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
އެއާއެކު ފަސްޓްލޭޑީ ވަނީ ހެޔޮލަފާ ހީވާގި މުދައްރިސުންގެ އެހީތެރިކަމާއި ހިދުމަތް އަބަދުމެ ރާއްޖެއަށް ލިބެމުން ދިއުމަށް އެދި ހެޔޮ ދުއާ ކުރައްވައިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް