އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް އެހީވާނެ ވޮލަންޓިޔަރުން ހޯދަނީ
ހ.ފެހިއާބާދުގޭގައި ރޯވި އަލިފާންގަނޑުގެ ސަބަބުން ގެއްލުންވެފައިވާ ފަރާތްތަކަށް އެހީވުމަށް ވޮލަންޓިޔަރުން ހޯދަން ފަށައިފިއެވެ.
މޯލްޑިވްސް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނީ އެފަރާތްތަކަށް އެހީވުމުގެ ގޮތުން އިމަރޖެންސީ ކޯޑިނޭޝަން ސެންޓަރެއް ކަލާފާނު ސްކޫލުގައި ގާއިމްކޮށްފައިވާނެ ކަމަށެވެ. އަދި މި ސެންޓަރުގެ ކަންކަމުގައި އެހީވުމަށް ވޮލަންޓިޔަރުން ބޭނުންވާ ކަމަށް ޑިޒާސްޓާއިން ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން އެތަނުގައި ތިބި ފަރާތްތަކަށް ބޭނުންވާނެ ޒަރޫރީ ތަކެތި ވީ މިންވަރަކުން އާންމުންގެ ފަރާތުން ހަދިޔާ ކުރުމަށްވެސް އެ ސެންޓަރުން ވަނީ އެދިފައެވެ.
އެނގިފައިވާ ގޮތުގައި ކަލާފާނު ސްކޫލުގެ ހޯލް ފުރިގެން އަލިފާނުގެ ހާދިސާގައި ހިމެނޭ ފަރާތްތައް ބޭތިއްބުމަށް އެހެން ސްކޫލްތަކުގެ ހޯލްތައްވެސް ދަނީ ތައްޔާރުކުރަމުންނެވެ.
މި ހާދިސާގައި އެއްވެސް ގެއްލުމެއް ލިިބިފައިވާ ފަރާތެއް ވާނަމަ ލަސްނުކޮށް އެ ސެންޓަރުގެ ހޮޓްލައިން 115އަށް ގުޅުމަށް ވަނީ އެދިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް