މާދަމާ ވޯޓްލާން ފަށާނީ ހެދުނު އަށެއް ޖަހާއިރު
މަޖިލީހުގެ އިންތިޚާބުގައި ވޯޓްލުން މާދަމާ ފަށާނީ ހެދުނު އަށެއް ޖަހާއިރު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަން ކޮމިޝަނުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ރާއްޖޭގައި ވޯޓް ލުން ކުރިއަށްދާނީ ހެދުނު އަށަކުން ހަވީރު ހަތަރަކަށް ކަމަށެވެ. އަދި އިންޑިއާއި ސްރީލަންކާގައި ވޯޓްލުން ކުރިއަށްދާނީ ހެނދުނު އަށްގަޑި ތިރީހުން ހަތަރުގަޑި ތިީރީހަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ. މެލޭޝިޔާގައި އެގައުމުގެ ގަޑިން ހެނދުނު އެގާރައިން ފެށިގެން އިރުއޮއްސި ހަތަކަށް ވޯޓްލުން ކުރިއަށްދާއިރު ޔޫކޭގައި ވޯޓްލުން ކުރިއަށް ގެންދާނީ އެގައުމުގެ ގަޑިން ނުވަގަޑި ތިރީހުން ހަވީރު ފަސްގަޑި ތިރީހަށް ކަމަށްވެސް އެކޮމިޝަނުން ބުނެފައިވެއެވެ.
ވޯޓްލުން ހެދުނު އަށެއްޖެހި ފަށާއިރު، ހުރިހާ ރައްޔިތުން ވެސް ވީހާވެސް އަވަހަކަށް ވޯޓްލުމަށް ދުރުވެ، ވޯޓްލުމުގެ ހައްގު އަދާކުރުމަށް އެކޮމިޝަނުން ވަނީ އެދިވަޑައިގެންފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް