ޕީޕީއެމްގެ ލީޑާޝިޕުން ރައީސް ޔާމީން އިސްތިއުފާ ދެއްވަންވީ - ރީކޯ މޫސަ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ޕީޕީއެމްގެ ރައީސް ރައީސް އަބްދުﷲ ޔާމީން މިހާރު ޕާޓީގެ ލީޑާޝިޕުން އިސްތިއުފާ ދިނުމަށް ހުޅުހެންވޭރު ދާއިރާގެ މެންބަރ އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ރާއްޖޭޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ، ދެއިންތިހާބުން ޕީޕީއެމް ވަނީ ފެއިލް ވެފައިކަމަށާއި، ޕާޓީގެ ލީޑާޝިޕް، ރައީސް ޔާމީން ހިމެނި ވަޑައިގަންނަވާ ގޮތައް އިސްތިއުފާ ދެއްވަން ޖެހޭނެކަމަށް ވިދާޅުވެފައެވެ.
ވޯޓުލީ 90،000 މީހުން ތިބި ކަމާއި، ވެރިކަން ބަދަލުވުމާއެކު ވަޒީފާ ގެއްލޭ އެތަކެއް ބަޔަކު ތިބޭ އިރު މި އެންމެނަށް އުންމީދެއް ދީ މިކަންކަން ކުރާކަށް އަދިވެސް ޕީޕީއެމް ލީޑާޝިޕުން އެއްވެސް ކަމެއް ނުކުރާ ކަމަށް ބުނެ މޫސަ ވަނީ ޕީޕީއެމްގެ މިހާރުގެ ލީޑާޝިޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ޕާޓީ ދެމިއޮންނާނީ ލީޑާޝިޕް ބަދަލުވެގެންކަން ފާހަގަ ކުރައްވައި، މޫސަ ވަނީ ޕީޕީއެމް މައުމޫނާ ހަވާލުވާނެ ދުވަހަކު ޕީޕީއެމްގައި ނުހުންނަވާނެކަން ވެސް ހާމަކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް