އިންޑިޔާގެ "ހަދިޔާ" އަލުން ބޭނުންކުރަން ފަށައިފި
އިންޑިޔާގެ ހެލިކޮޕްޓަރތައް ރާއްޖޭގައި އަލުން އުދުހެން ފަށައިފިއެވެ.
މި ހެލިކޮޕްޓަރތައް މީހުން ހޯދުމާއި މީހުން އެއްތަނުން އަނެއްތަނަށް އުފުލުން ފަދަ ކަންކަމުގައި ބޭނުންކުރުމަށް އަލުން ފަށާފައިވަނީ ދެގައުމުގެ މެދުގައި މި ހެލިކޮޕްޓަރ ތަކާއި ގުޅިގެން ގާއިމްކޮށްފައިވާ އެއްބަސްވުން އާ ކުރުމަށް ފަހުގައެވެ.
މި އެއްބަސްވުންތައް އާ ކުރެވުމާއި އެކު، ރާއްޖޭގެ އެކި ސަރަހައްދުތަކުން ބަލި މީހުން އުފުލުމުގައި މި ހެލިކޮޕްޓަރތައް ވަނީ ބޭނުންކުރެވިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ކުރީގެ ރައީސް ޔާމީންގެ ދައުރުގައި މި ހެލިކޮޕްޓަރތައް އަނބުރާ ފޮނުވާލުމަށް ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
އޭރު ސަރުކާރުގެ ފަރާތްތަކުން ބުނީ އެ ދެ ހެލިކޮޕްޓަރގެ ކަންކަމަށް ގިނަ އަދަދެއްގެ އިންޑިޔާ ސިފައިން ތިބުމުން ކަންބޮޑުވާ ކަމަށާއި، އޭގެ ސަބަބުން އިސްތިގްލާލަށް ބުރޫ އަރާފާނެކަމަށެވެ. އަދި ރާއްޖެއިން ބޭނުންވަނީ ސަވައިލަންސް އެއަރކްރާފްޓްތަކެއް ކަމަށްވެސް ވަނީ ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް