އަނބިކަނބަލުންނާއި ދެމެދު އޮންނަނީ "އިލާހީ ގުޅުމެއް" ކަމަށް ޤާސިމް ވިދާޅުވެއްޖެ
އަނބިކަނބަލުން އައިޝަތު ނަހުލާއާއި ދެމެދު އޮންނަނީ "އިލާހީ ގުޅުމެއް" ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޤާސިމް މިހެން ވިދާޅުވެފައި ވަނީ ރޭ މާމިގިލީގައި ބޭއްވި ޖަލްސާއެއްގައި ޤާސިމަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ޤާސިމްގެ އަނބިކަނބަލުން ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ.
ރޭގެ ޖަލްސާގައި ޓްރާންސްޕޯޓް މިނިސްޓަރުކަން ވެސް ކުރައްވަމުން ގެންދަވާ އައިޝަތު ނަހުލާ ވިދާޅުވި ގޮތުގައި "ޤާސިމަކީ ޖަވާހިރެއް" ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން ގާސިމަށް ފަދަ ބޭފުޅަކު ދައްކަން ލާހިކު ނޫންކަމަށާއި އެހެންވެ ގާސިމް ފަދަ ނިއުމަތަކުން މަހުރޫމް ނުވުމަށް މާމިނގިލީ ދާއިރާގެ ރައްޔިތުންގެ ކިބައިން އައިޝާ ވަނީ އެދިވަޑައިގެންފައެވެ.
ރޭގެ ޖަލްސާއަކީ ޤާސިމްގެ މަޖިލިސް ކެމްޕެއިންގެ ޖަލްސާއެއް ނަމަވެސް ޤާސިމްގެ ދެމަފިރިކަނބަލުން ވަނީ އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ވަރަށް ބޮޑަށް ތަޢުރީފް ކުރައްވާފައެވެ.
ބެލެވޭ ގޮތުގައި ރޭގެ ޖަލްސާގައި މިފަދަ ގޮތަކަށް ވާހަކަ ދައްކަވާފައި މިވަނީ ގާސިމާއި އައިޝާއާ ދެމެދު ހިޔާލު ތަފާތުވުންތައް އުފެދިގެން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ.
އެވާހަކަތައް އެގޮތަށް ގިނަ ބަޔަަކު ދައްކަން ފެށީގެ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މާފުނުކުރައްވާނެ ކަމަށާއި އެމަނިކުފާނުގެ ފަރާތްޕުޅުން ނުކުންނަ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ވެސް ނުކުރައްވާނެ ކަމަށް ނަހުލާ ވިދާޅުވުމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް