ހަޑި މުޑުދާރު ތަނެއްގައި ފޮނިފޯކާއި އެނޫންވެސް ބާވަތްތައް ހަދަމުންދިޔަ ބިދޭސީއެއް ހައްޔަރަށް
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
އާއްމުކޮށް ދިވެހިން ދުފަން ބޭނުންކުރާ ފޯއް ސާފުތާހިރުކަން ކުޑަކޮށް ތައްޔާރުކުރަމުން ދިޔަ ބިދޭސީއެއް އިމިގްރޭޝަނުން ހުއްޓުވައިފި އެވެ.
އިމިގްރޭޝަނުން މިއަދު ބުނީ ލިބުނު ރިޕޯޓަކާއި ގުޅިގެން ރޭ ޓާސްކުފޯހުން މާލޭގެ ހެންވޭރުގައި ހުންނަ ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އަދި އެ ތަނަކީ އާންމު މިންގަނޑުތަކާއި ހިލާފަށް ދިވެހި އުފެއްދުންތައް ވިޔަފާރީގެ ބޭނުމަށް ތައްޔާރުކުރަމުންދާ ތަނެއްކަމަށް އިމިގްރޭޝަނުން ފާހަގަކޮށްފައިވެއެވެ.
އެތަނުން ފިހާރަތަކުން އާންމުކޮށް ލިބެންހުންނަ ގިނަ ބާވަތްތަކުގެ ކާބޯތަކެތި ފެނިފައިކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.
އެގޮތުން އެތަނުގައި ދިވެހިން ކައި އުޅޭ، އަތުޖެހި އާއި ފޮނިފޯއް ފަދަ ތަކެތި ތައްޔާރު ކުރާއިރު، އެ ތައްޔާރު ކުރަމުންދަނީ އެއްވެސް ވަރަކަށް ސާފުތާހިރު ކަމަށް ނުބަލައިކަން ފޮޓޯ ތަކުން ފެނެއެވެ.

މީގެ އިތުރުން އިމިގްރޭޝަނުން ބުނީ، ގަވާއިދާ ހިލާފަށް އެ މަސައްކަތް ކުރަމުން ދިޔަ ބިދޭސީ މީހާ މިހާރު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި އި ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް