ނިޔުޔޯކްގެ ދަތުރުގެ ތަފްސީލްތައް ހާމަކުރާނަން: ހޫދު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އދ.ގެ އާންމު މަޖިލީހުގައި ތަގުރީރުކުރެއްވުމަށް ނިޔުޔޯކްއަށް ކުރެއްވި ދަތުުރުފުޅަށް ހިނގައިދިޔަ ޚަރަދުގެ ތަފްސީލް އާންމުކުރުމަށް ނިންމައިފިއެވެ.
މިގޮތަށް އަމަލުކުރުމަށް ސަރުކާރުން ނިންމީ، އެފަދަ ދަތުރުތަކުގެ ތަފްސީލް އާންމުގޮތެއްގައި ހާމަނުކުރާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވުމާއި ގުޅިގެން ގިނަބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދިޔަ ދަނޑިވަޅެއްގައެވެ.
މި މޭރުމުން ކަންބޮޑުވުން ފާޅުކޮށް، ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ކުރި ޓްވީޓަކަށް ރައްދު ދެއްވަމުން ހޫދު ވިދާޅުވީ އެ ދަތުރަށް ޚަރަދުވި އަދަދު ކަށަވަރުނުވާކަމަށް މީޑިޔާގައި ދެންނެވީ އެއީ އާންމުގޮތެއްގައި އާންމުކުރުމަށް އެދޭ ފަދަ މައުލޫމާތަކަށް ނުވާތީ ކަމަށެވެ.
ނަމަވެސް އަންދާާޒާކުރެވޭ ގޮތުގައި އެއީ ސޯޝަލް މީޑިޔާގައި ކިޔަމުންދާާ ހަ މިލިޔަން ރުފިޔާގެ ދެބައިކުޅަ އެއްބައިވަރުގެ އަދަދެއްކަމަށް އެބޭފުޅާ ވިދާޅުވިއެވެ.
ހޫދު އިތުރަށް ވިދާޅުވީ އެބޭފުޅާ މިވަގުތު ހުންނެވީ އެނބުރި ވަޑައިގަތުމުގެ ދަތުރުފުޅު މަތީގައި ކަމަށާއި އެނބުރި ވަޑައިގަތުމުން ހިނގި ޚަރަދު ހާމަކުރައްވާނެކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް