ތަމްރީނު ހަދަނިކޮށް ހާލު ދެރަވި ފުލުސް މީހާގެ ހާލު އަދިވެސް ވަރަށް ސީރިއަސް
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ދ. ވާނީގައި ފުލުހުންގެ ތަމްރީނު ހަދަނިކޮށް، ހާލު ދެރަވެ ފަރުވާއަށް މާލެ ގެނައި ފުލުސް އޮފިސަރުގެ ހާލު އަދިވެސް ވަަރަށް ސީރިއަސްކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ދ. ވާނީގައި ތަމްރީން ހަދަމުންދިޔަ ފުލުހެއްގެ ހާލު ދެރަވެގެން ފަރުވާ ދޭން ފަށާފައިވާ ކަމަށް ފުލުހުން ހާމަކުރީ މިމަހު 4 ވަނަ ދުވަހުއެވެ.
ފުލުހުން އެދެވަހު ބުނީ އެ މީހާ ފުރަތަމަ ގެންދިޔައީ ކުޑަހުވަދޫއަށް ކަމަށެވެ. އަދި މިހާރު މާލެ ގެނެސް ފަރުވާ ދެމުންދާ ކަމަށާ ހާލު ވަރަށް ދެރަ ކަަމަށެވެ.
މިއީ 40 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިން ކޯހުގައި ޓްރެެއިން ހަދަމުން ދިޔަ މީހެކެވެ. އެއީ އުމުރުން 34 އަހަރުގެ ފިިރިހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެމީހާ މިހާރުގެ ޙާލަތާ ބެހޭ ގޮތުން މައުލޫމާތު ދެމުން ފުލުހުން ބުނީ އަދިވެސް އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް