އާރުޑީސީގެ ޗެއާރމަން މުހައްމަދު ޝަމީ ފިއްލަދޫއަށް
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ޗެއާމަން މުހައްމަދު ޝާމީ އާދަމް ހއ.ފިއްލަދޫއަށް ވަޑައިގެންފިއެވެ.
އާރުޑީސީގެ ޗެއާމަން ފިއްލަދޫއަށް ވަޑައިގަންނަވާފައިމިވަނީ އެކުންފުނިން އާރުޑީސީގައި ކުރިއަށްގެންދާ މަސައްކަތްތައް ހިނގާ ނުހިނގާގޮތް ބައްލަވާލެއްވުމަށެވެ. މި ދަތުރުފުޅުގައި ޗެއާމަން ވަނީ އާރުޑިސީ ސައިޓުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ބައްދަލު ކުރައްވާ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފައެވެ.
އާރުޑީސީން ފިއްލަދޫގައި ކުރިއަށްގެންދާ މުހިންމު މަޝްރޫޢުތަކުގެ ތެރޭގައި ފިއްލަދޫ މަގުތައް ހެދުމުގެ މަސައްކަތް ހިމެނެއެވެ. މިއީ 77 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް