މާލޭގައި ޑްރަގް އޮޕަރޭޝަނެއް: މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މާލޭގައި މިރޭ ހިންގި ޑްރަގް އޮޕަރޭޝަނެއް ގައި މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މިރޭ ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ގެއެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ.
މި އޮޕަރޭޝަންގައި މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރު ކޮށްފައިވާ ކަމަށް ވަނީ ބުނެފަ އެވެ. ކިހާ ބައެއް ކަމެއް އަދި އަތުލައިގަތީ ކިހާ އަދަދެއްގެ މަސްތުވާތަކެއްޗެއް ކަމެއް ނުބުނެ އެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަންގެ އިތުރު މައުލޫމާތު ހާމަކުރާނެ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް