ގިނަ ދުވަސްވީ ޓެކްސީތައް ހޯދުމަށް ޚާއްސަ އޮޕަރޭޝަނެއް ފަށައިފި
މާލެ ސަރަހައްދުގައި ދުއްވާތާ ގިނަ ދުވަސްވެފައި ޓެކްސީތައް ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ފުލުހުން ބުނީ ޓެކްސީ ގަވާއިދަށް ފަސްވަނަ އިސްލާހު ގެނައުމުގެ ގަވާއިދުގެ ދަށުން ބާރުލިބިގެން ޓްރާންސްޕޯޓް އޮތޯރިޓީން ޓެކްސީގެ ޚިދުމަތްތަކަށް ކަނޑައަޅާފައިވާ މިންގަނޑުތަކަށްވުރެ ގިނަ ފައިސާ ނަގާާ ޓެކްސީތަކާއި މެދު ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން ޓެކްސީ ގަވާއިދުގެ 12ވަނަ މާއްދާގެ ހ ގައި ބުނެފައިވާ ގޮތުގެ މަތިން، ރޯޑް ވާދިނަސް މިންގަނޑަށް ފެތޭތޯ އާ އުޅަނދުތައް އުފެއްދި ތާރީޚުން ފެށިގެން 20އަހަރު ނުވާ އުޅަނދުތައް ތޯ ބެލުމަށް އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.
މި އޮޕަރޭޝަން ފައްޓާފައިވަނީ ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައެޅި އަގުތަކާއި މެދު ހިތްހަމަނުޖެހި، އިހުތިޖާޖަށް ދާނެކަމަށް ޓެކްސީ ޑްރައިވަރުން އިންޒާރުދީފައި ވަނިކޮށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް