ޑީސަލް އަދި ޕެޓްރޯލްގެ އަގުތަކަށް ހެޔޮ ބަދަލެއް
އެސްޓީއޯއިން ވިއްކާ ޑީސަލް އަދި ޕެޓްރޯލްގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް އައިސްފިއެވެ.
ޑީސަލް ލީޓަރަކުން ދެ ރުފިޔާ އަގުހެޔޮވެފައިވާއިރު ޕެޓްރޯލް ލީޓަރަކުންވަނީ އެއް ރުފިޔާ އަގުހެޔޮ ކޮށްފައެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރި ކުރަމުން އަންނަ އެސްޓީއޯއިން ޑީސަލް އަދި ޕެޓްރޯލަށް ގެނައި މި ބަދަލުތަކާއެކު މިހާރު ޑީސަލް ލީޓަރެއް 9.99 ރުފިޔާއަށް އަދި ޕެޓްރޯލް ލީޓަރެއް 10.19 ރުފިޔާއަށް ލިބެން ހުންނާނެއެވެ.
ކުރިން ޑީސަލް ލީޓަރެއް 11.99 ރުފިޔާއަށް ހުރިއިރު ޕެޓްރޯލް ލީޓަރެއް ހުރީ 11.19 ރުފިޔާއަށެވެ.
މި އަހަރު ފުރަތަމަ ފަހަރަށް ތެލުގެ އަގުތަކަށް އެސްޓީއޯއިން ބަދަލު ގެނައިއިރު މިއީ ދުވަސްތަކަކަށް ފަހު ތެލުގެ އަގުތައް މިހާ ބޮޑު ހެޔޮ ބަދަލެއްއައި ފުރަތަމަ ފަހަރެވެ.
އެސްޓީއޯއިން މައުލޫމާތު ދޭގޮތުގައި ތެލުގެ އަގުތައް ހެޔޮކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ހެޔޮވުމުން ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް