އެމްޓީސީސީއަށް ޗެއަރމަންއެއް ހަމަޖައްސައިފި
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)ގެ ބޯޑަށް ޗެއާމަންއެއް ހަމަޖައްސައިިފިއެވެ.
އެމްޓީސީސީގެ ޗެއާމަންއަކަށް ޕްރައިވެޓައިޒޭޝަން ބޯޑުން ހަމަޖައްސާފައިވަނީ ނ.ކުޑަފަރި ހިޔާވަހި، އަލްފާޟިލް މުޙައްމަދު ފަހީމް އެވެ.
އެމްޓީސީސީ އަކީ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ.
އެކުންފުނިން ދޭ ޙިދުމަތްތަކުގެ ތެރޭގައި ކަނޑު ދަތުރުފަތުރުގެ ޚިދުމަތް، ބަސް، ޕްރައިވެޓް ހަޔަރ އަދި ބަނދަރު ހެދުމާއި ބިންހިއްކުން ހިމެނެއެވެ.
އެމްޓީސީސީ އަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ފައިދާވާ އެއް ކުންފުނިކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް