އެބޯލާ ފެތުރެނީ، އެ ބައްޔަކީ އާންމު ސިއްހަތަށް އޮތް ނުރައްކަލެއް ކަމުގައި ކަނޑައަޅައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ދުނިޔޭގެ ގައުމުތަކުން އެބޯލާގެ ކޭސް ފެނުމާއި ގުޅިގެން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެބޯލާ އަކީ ޕަބްލިކް ހެލްތު އިމާޖެންސީ އޮފް އިންޓަރނޭޝަނަލްކޮންސާންގެ ގޮތުގައި ކަނޑައަޅައިފި އެވެ.
ޑަބްލިއުއެޗްއޯ އިން ބުނީ އެބޯލާ އަކީ ބައިނަލްއަގްވާމީ ފެންވަރުގައި ކަންބޮޑުވާންޖެހޭ އާންމު ސިއްހަތަށް އޮތް ނުރައްކަލެއް ކަމަށް މިއަދު ކަނޑައަޅާފައިވާ ކަމަށެވެ.
މިދިޔަ ހަފްތާގައި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އާއި އުގާންޑާގައި ވަނީ އެބޯލާ އައުޓްބްރޭކެއްގެ ހާލަތު އިއުލާނު ކޮށްފަ އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީން މިރޭ ބުނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެބޯލާ އަކީ ޕަބްލިކް ހެލްތު އިމާޖެންސީ އޮފް އިންޓަރނޭޝަނަލްކޮންސާންގެ ގޮތުގައި ކަނޑައަޅާފައިވާތީ ބަލީގެ ހާލަތު މޮނިޓާ ކުރަމުން އަންނަ ކަމަށެވެ. އަދި ރާއްޖެއަށް މި ބަލި އައުމުގެ ފުރުސަތު އޮތް މިންވަރު ކުޑަކަމަށެވެ.
އެ އެޖެންސީން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި ސަރަހައްދުތަކަށް ދަތުރުނުކުރުން މުހިންމު ކަމުގައި ބުނެފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް