ސްނޯކްލިންއަށްދިޔަ ރ.އަތޮޅު ރިސޯޓެއްގެ މުއައްޒަފަކު ގެއްލިގެން ހޯދާތާ 24 ގަޑިއިރު!
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ރ.އަތޮޅުގެ ރިސޯޓަކުން ސްނޯކްލިންއަށްދިޔަ ރިސޯޓްގެ މުއައްޒަފަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ފުލުހުން މައުލޫމާތުދޭ ގޮތުގައި ގެއްލިފައިވަނީ އިންޑިއާގެ ރައްޔިތެއްކަމަށްވާ ޕަރަމްޖީތު ސިންހު ރާވަތު އެވެ. އޭނާ ގެއްލިފައިވަނީ އިއްޔެގެ 15:35 ހާއިރެވެ. ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 16:09 ގައެވެ. ފުލުހުން ބުނީ ޕަރަމްޖީތް ހޯދުމުގެ މަސައްކަތް އެމްއެންޑިއެފުން ކުރަމުންދާކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގްކުރަމުންނެވެ. ފުލުހުން އެ ރިސޯޓުގެ ނަމެއް ހާމައެއް ނުކުރެއެވެ.
މި ދުވަސްވަރަކީ މޫސުން ގޯސްދުވަސްވަރެއްކަމުން އެކަމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. މޫސުން ގޯސްކަމަށް ލަފާކޮށް މެޓް އޮފީހުން ހއ.އަތޮޅުން ފެށިގެން ވ.އަތޮޅަށް ހުދު ސަމާލުވެސް ނެރެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް