އެކައުންޓްތައް ފްރީޒްކުރި މައްސަލައިގެ އިސްތިއުނާފު އަޑުއެހުން ނިންމާލައިފި
ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ އެކައުންޓް ފްރީޒްކުރި މައްސަލައިގެ އިސްތިއުނާފުވއަޑުއެހުން ނިންމާލައިފިއެވެ.
އެ މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ ސިއްރުންނެވެ. އެ ކައުންޓް ފްރީޒްކުރި މައްސަލަ ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފު ކުރުމުން އެ މައްސަލައިގެ ޝަރީއަތް ފަށާފައިވަނީ މިއަދު އެވެ.
އަދި އެމައްސަލައިގައި އިތުރުކަމެއް އޮޅުން ފިލުވަން ނުޖެހޭނަމަ ދެން އޮންނާނީ އެމައްސަލައިގެ ގޮތެއް ނިންމުވެ.
ޔާމީންގެ އެކައުންޓްތައް ފްރީޒްކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު އިސްތިއުނާފުކުރުމަށް ޔާމީން ވަކީލުން ހައިކޯޓަށް ހުށަހަޅާފައިވަނީ ފާއިތުވި އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުގައެވެ.
ޔާމީންގެ އެކައުންޓްތައް ފުރީޒްކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ އެމަނިކުފާނުގެ ފައިސާތަކާއި ގުޅިގެން ކުރަމުންދާ ތަހުގީގެއް ކުރިއަށްދާތީ ފުލުހުން އެދިގެންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް