ރާއްޖޭގައި އިންފްލޫއެންޒާ ފެތުރެމުންދާކަމަށް އެޗްޕީއޭއިން ބުނެފި
ދިވެހިރާއްޖޭގައި މިދިޔަ މަހާާއި މިމަހުގައި އިންްފްލޫއެންޒާ ހަލުވި މިނެއްގައި ފެތުރިފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ހާާމަކޮށްފިއެވެ.
އެޗްޕީއޭއިން މިކަން ހާމަކޮށްފައިވަނީ ޓްވިޓަރ މެދުވެރިކޮށް އެ އިދާރާއިން ނެރުނު ތަފާސްހިސާބެއްގައެވެ.
އެ ތަފާސްހިސާބުން ދައްކާގޮތުގައި ނިމިދިޔަ އޮކްޓޯބަރ މަހުގެ ތެރޭގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ އިންފްލޫއެންޒާއަށް ޝައްކުކުރެވިފައެވެ. މީގެ ތެރެއިން ގިނަބަޔަކު އެ ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، މިމަހުގެ މިހާތަނަށްވެސް ގިނަބަޔަކު ވަނީ އިންފްލޫއެންޒާއަށް ޕޮޒިޓިވްވެފައެވެ.
އިންފްލޫއެންޒާއިން ރައްކާތެރިވުމަށް އަހަރަކު އެއްފަހަރު ފްލޫ ވެކްސިން ޖެހުމަށް ގިނަ ޑޮކްޓަރުން އިރުޝާދުދެއްވައެވެ.
އެޗްޕީއޭއިން ބުނީ އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ފުރަތަމަ ތިން ދުވަހު ގޭގައި މަޑުކޮށްލައި، ގެއިން ފަރުވާކުރުމަކީ މުހިންމުކަމެއްކަމަށެވެ. އަދި ބަލީގެ އަލާމާތްތައް އިތުރަށް ގޯސްވެ، ހުންއައިސް ރޯގާޖެހިފައިވާ ދުވަސްތައް ތިން ދުވަހަށްވުރެ ގިނަނަމަ ޑޮކްޓަރެއްގެ ލަފަޔާއި އިރުޝާދު ހޯދުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް