އެލާޓް ލެވެލް މަތިކުރީ ކަނޑައެޅިގެން ނުރައްކަލެއް އޮވެގެންނެއް ނޫން: އެމްއެންޑީއެފް
މިރޭގެ ވަގުތެއްގައި އެމްއެންޑީއެފްގެ އެލާޓް ސްޓޭޓަސް ޔެލޯ2އަށް މަތިކުރީ ކަނޑައެޅިގެން ނުރައްކަލެއް އޮވެގެން ނޫންކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
މީޑިޔާތަކަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ ސިފައިންގެ އެލާޓް ލެވެލް މަތިކުރެވިފައިވަނީ އާދައިގެ ލެވަލަށްވުރެ އެއް ލެވެލް މައްޗަށް ކަމަށެވެ.
"މިއީ ފަހަރެއްގައި ވެސް ކަނޑަ އެޅިގެން ވަކި ނުރައްކަލެއް ނުވަތަ ތްރޭޓެއް އޮވެގެން އެޅިފިޔަވަޅެއްނޫން"، އާޒިމް ވިދާޅުވިއެވެ.
އެބޭފުޅާ އިތުރަށް ވިދާޅުވީ އެލާޓް ސެްޓޭޓަސް މަތިކުރީ ދުރާލާ ރައްކާތެރި ފިޔަވަޅުތައް އިތުރުކުރުމަށްކަަމަށާއި އެގޮތުން އެއަރޕޯޓްތަކުގެ ސެކިއުރިޓީވެސް އިތުރަށް މަތިކުރެވިފައިވާނެކަމަށެވެ.
މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވި ގޮތުގައި ސިފައިންގެ އާންމު ހާލަތުން އެހެންހާލަތަކަށް ބަދަލުކުރުމަށް "އެލާޓް" ސްޓޭޓަސް މަތިކުރުމަށް ވަކި ދަރަޖަތަކެއް އަމަލުކުރުމަށް އޮވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިރޭ ހަތަކުން ފެށިގެން އެމްއެންޑީއެފްއިން ވަނީ އެލާޓް ސްޓޭޓަސް ޔެލޯ2އަށް ބަދަލުކޮށްފައެވެ. އެއީ ޤައުމުގެ ސުލްޙަ މަސަލަސްކަމާއި އަމަންއަމާންކަމަށް ބުރޫއަރާފަދަ ކަމަކާ ކުރިމަތިވާނެކަމަށް ބެލެވުން ނުވަތަ އެފަދަ މަޢުލޫމާތެއް ލިބުމުން އަންނަ އެލާޓެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް