އިންނަމާދޫ ނަރުދަމާ ނިޒާމުގެ މަސައްކަތް ފަށަނީ
ރ.އިންނަމާދޫގައި ނަރުދަމާ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.
އެގޮތުން މާދަމާ ފަތިހު އެ މަސައްކަތަށް ބޭނުންވާ ސާމާނުތައް އެރަށަށް ގެންދިއުމުގެ ދަތުރު ފެށުމަށް ވަނީ ހަމަޖެހިފައެވެ.
އިންނަމާދޫ ނިސްބަތްވާ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ އެރަށުގެ ނަރުދަމާ ނިޒާމުގެ މަސައްކަތަށް ބޭނުންކުރާ ސާމާނު އިރާދަކުރެއްވިއްޔާ މިރޭ ފަތިހު އިންނަމާދޫއަށް ފުރުވާލެވޭނެކަމަށެވެ.
އަދި މި ސަރުކާރުން ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ނަރުދަމާ އަޅާ ނިންމާނެކަމަށް މެންބަރު ހަސަން ވަނީ ވިދާޅުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް