މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މަކަރާއި ހީލަތުގެ މައްސަލައެއްގައި ފުލުހުން، މީހަކު ހޯދަން ފަށައިފިއެވެ.
މިކަމާ ގުޅިގެން މިއަދު އެކްސްގައި ފުލުހުން ކުރި ޕޯސްޓެއްގައި ވަނީ ވަނީ ފިރިހެނެއްގެ ފޮޓޯއެއް އާންމުކޮށްފައެވެ.
ފުލުހުން ބުނެފައިވާ ގޮތުން އެ މީހާ އަކީ ފުލުހުންނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތް ހެދުމުގެ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ، ކާކުކަން ދެނެގަނެވިފައިނުވާތީ ނުހޯދިފައިވާ މީހެއް ކަމަށެވެ.
ވީމާ، ފޮޓޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގިލައްވާ ފަރާތެއްވާނަމަ ހުޅުމާލެ ފޭސް 1 އިންވެސްޓިގޭޝަން ނަމްބަރު 9980062 އަށް ގުޅުއްވައި ހިއްސާ ކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް