ފުވައްމުލަކު މީހަކު ގެއްލިގެން ހޯދަނީ، ޚަބަރެއް ނުވާތާ ހަތް ދުވަސް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ފުވައްމުލަކު މީހަކު ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން ބުނެފި އެބވެ.
ފުލުހުން ބުނީ މަސީހް އަބްދުލް ޙަކީމް (41އ) ދޫޑިގަން. ފަސީހްއާބާދު / ޏ.ފުވައްމުލައް، އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް މި އޮގަސްޓު މަހުގެ 25 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ގެންދަނީ ކުރަމުން ކަމަށެވެ.
މަސީހް މިހާރު ދިރިއުޅެމުންދަނީ ހުޅުމާލެ، އެމްޕީއެލް ޓަވަރުގައި ކަމަށާއި އޭނާގެ ހަބަރެއް އާއިލާއަށް އެންމެފަހުން ވެފައިވަނީ މި އޮގަސްޓު މަހުގެ 20 ވަނަ ދުވަހު ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށް ވެސް ބުންޏެވެ.
އޭނާއާ ބެހޭ އެއްވެސް މައުލުމާތެއް ލިބިފައިވާނަމަ އެންގުމަށް ފުލުހުން ވަނީ އެދިފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް