ފުލުހުންގެ ތަރުޖަމާންގެ މަގާމަށް ޝިޔާމް، އަލުން އައްޔަނުކުރައްވައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ދިވެހި ފުލުހުންގެ ޚިދުމަތުގެ ރަސްމީ ތަރުޖަމާނުގެ މަގާމަށް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިޔާމް ހަމަޖައްސައިފި އެވެ.
ފުލުހުން ވަނީ އެކަން އާންމުކޮށްފަ އެވެ.
ފުލުހުންގެ އިދާރާއިން މިއަދު ބުނީ އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިޔާމް މި މަގާމާ ހަވާލުވެވަޑައިގަތީ، މީގެ ކުރިން ތަރުޖަމާނުގެ މަސްއޫލިއްޔަތު އަދާކުރެއްވި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އާރިފްގެ ބަދަލުގައި ކަމަށެވެ.
މި ބަދަލާ ގުޅިގެން، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މީޑިއާތަކަށް މައުލޫމާތު ދެއްވުމާއި، އާންމު ހޭލުންތެރިކަން އިތުރުކުރުމުގެ މުއާމަލާތްތަކުގައި އެންމެ އިސްކޮށް ދެން ހަރަކާތްތެރިވެވަޑައިގަންނަވާނީ އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިޔާމް ކަމަށް ވެސް ބުނެފައިވެ އެވެ.
ޝިޔާމް ވަނީ ކުރީންވެސް އެ މަގާމު ފުރުއްވާފަ އެވެ. އޭނާއަކީ މީޑިއާއާ ވަރަށް ގާތުން މަސައްކަތް ކުރެއްވި ބޭފުޅެކެވެ.
އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް, 12 އަހަރުގެ މެދުކެނޑުމަކަށް ފަހު އަލުން ވަޒީފާއަށް ނިކުންވަން ފެއްޓެވީ ޖޫން 3، 2026 ގަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް