ޕެޓްރޯލް އަދި ޑިސަލްގެ އަގު އެސްޓީއޯއިން ހެޔޮކޮށްފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ޕެޓްރޯލް އަދި ޑިސަލްގެ އަގު މިއަދުން ފެށިގެން އެސްޓީއޯއިން ހެޔޮކޮށްފިއެވެ.
އެސްޓީއޯއިން މައުލޫމާތު ދޭގޮތުގައި ޕެޓްރޯލް ލީޓަރަކުން 20 ލާރި އަދި ޑީސަލް ލީޓަރަކުން 10 ލާރި ހެޔޮކޮށްފައިވާނެ ކަމަށެވެ. އެހެންކަމުން މިހާރު ޕެޓްރޯލް ލީޓަރެއް ލިބެން ހުންނާނީ 11.19 ލާރިއަށެވެ. އަދި ޑީސަލް ލީޓަރެއް ލިބެން ހުންނާނީ 11.99 ލާރިއަށެވެ.
ނިމިދިޔަ މަހު ޖުމްލަ ދެފަހަރެއްގެ މަތިން ތެލުގެ އަގު އެސްޓީއޯއިން ބޮޑުކޮށްފައިވެއެވެ. އެގޮތުން މިއަދާ ޖެހެންދެން ޕެޓްރޯލް ލީޓަރެއް ވިއްކަމުން އައީ 11.39 ލާރިއަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކަމުން ދިޔައީ 12.09 ލާރިއަށެވެ.
އަގުތަކަށް މި ބަދަލުތައް ގެނައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ހެޔޮ ބަދަލުތަކެއް އައުމައި ގުޅިގެންކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް