މުބާރާތުގެ މެޗެއްގައި ކިފުޅިއަންސްގެ ކުޅުންތެރިން ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ... ފޮޓޯ: ސިޑިބަރި
މުބާރާތުގެ މެޗެއްގައި ކިފުޅިއަންސްގެ ކުޅުންތެރިން ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ... ފޮޓޯ: ސިޑިބަރި
ކުޅިވަރު 19 Jun 2024 | 17:20

ވާދަވެރި ކުޅުމަކަށްފަހު އަލްގޭ ބަލިކޮށް ގުރޫޕްގެ އެއްވަނަ ކިފުޅިއަންސް ކަށަވަރުކޮށްފި

އެޗު ނޯވ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިންތިޒާމުކޮށް ރ.އަތޮޅު އިނގުރައިދޫގައި މިހާރު ކުރިއަށްދާ "މައްޔާ ފުޓްސަލް ވާދަ 2024"ގެ ގުރޫޕް އޭގައި ބުދަ ދުވަހުގެ ރޭ ކުޅެވުނު ފުރަތަމަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 3-1 ގެ ނަތީޖާއަކުން އަލްގޭ އެފްސީ ބަލިކޮށް ކިފުޅިއަންސް ގުރޫޕްގެ އެއްވަނަ ކަށަވަރުކޮށްފިއެވެ.

މުބާރާތުގައި އަލްގޭ ކުޅުނު ފުރަތަމަ މެޗުގައި 10-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ދަ ސްކޯޕިއަންސް އަތުން އެޓީމު މޮޅުވިއިރު، ދެވަނަ މެޗުގައި ރެދަންޱއެފްސީ އަތުން މޮޅުވީ 4-9 ގެ ނަތީޖާއަކުންނެވެ. އަދި ކިފުޅިއަންސްގެ ފުރަތަމަ މެޗުގައި ރެދަން އެފްސީ އަތުން 4-1 ގެ ނަތީޖާއަކުން އެޓީމު މޮޅުވިއިރު، ދެވަނަ މެޗުގައި އެޓީމުން ވަނީ 6-2 ގެ ނަތީޖާއަކުން ދަ ސްކޯޕިއަންސް ބަލިކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އަލްގޭ އެފްސީ އިންނެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ކިފުޅިއަންސް އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ކިފުޅިއަންސް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ.

އެގޮތުން މިމެޗުގައި ކިފުޅިއަންސްގެ މުހައްމަދު ޒަހުވާން، ހުސެއިން މިބްޝާމް އަދި އިބްރާހިމް ސަނޫން މިއިން ކޮންމެ ކުޅުންތެރިއަކު އެއްލަނޑު ކާމިޔާބުކުރިއިރު، މިމެޗުގައި އަލްގޭ އެފްސީގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އަހުމަދު ރިޒުވާން އިސްމާއިލް އެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކިފުޅިއަންސްގެ ހުސެއިން މިބްޝާމް އެވެ.

މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުންވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނަ ކިފުޅިއަންސް ޔަގީންކުރިއިރު، މިމެޗުން ބަލިވި އަލްގޭ އެފްސީއަށް ކުޅުނު ތިން މެޗުން ލިބުނީ ހަ ޕޮއިންޓެވެ. އަދި މިމެޗުގެ ކުރިންވެސް މިދެޓީމަށް ވަނީ މުބާރާތުގެ ސެމީފައިނަލުން ފުރުސަތު ލިބިފައެވެ.

ޗެންޕިއަން ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިމުބާރާތުގައި މިއަހަރު ޖުމްލަ އަށް ޓީމު ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ.

އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ސެމީފައިނަލުން ފުރުސަތު ލިބިގެންދާއިރު، މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ.

މިމުބާރާތުގެ މެއިން ސްޕޮންސަރ އަކީ އަރަކާއެވެ. އަދި ޓައިޓަލް ސްޕޮންސަރ އަކީ އެޗު ނޯވ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑެވެ. މީގެއިތުރުން ޕްރިންޓިންގ ޕާޓްނަރ އަކަށް ޕްރިންޓް ލެބް ހަމަޖައްސާފައިވާއިރު، މީޑިއާ ޕާޓްނަރުންނަކީ ސިޑިބަރި އަދި ވޮއިސް ސްޕޯޓްސް އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި
31 Oct 2026 ކުޅިވަރު

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި

މީގެ ކުރިންވެސް ކުރި ކޭމްޕް ދަތުރުގައިވެސް ފަލަސްތީނުން ވަނީ ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅެފައެވެ. އެމެޗް ފަލަސްތީނުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއިންނެވެ.

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް
27 Oct 2026 ކުޅިވަރު

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް

ފަލަސްތީނުގެ ޓީމްގެ މި ދަތުރުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހާއި، އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

މިފަހަރުގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުން އިނގުރައިދޫއަށް ރަން ވަނަތަކެއް
25 Oct 2026 ހަބަރު

މިފަހަރުގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުން އިނގުރައިދޫއަށް ރަން ވަނަތަކެއް

ކިއްސަރު ވަޑާމާއި ތެދުއި ވަޑާމަށް މަޝްހޫރު އިނގުރައިދޫއިން މިފަހަރުގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އެރަށަށް ނިސްބަތްވާ 3 މީހަކު ބައިވެރިވިއެވެ. އެ ތިން މީހުންވެސް ވަނީ މައުރަޒުން ރަން ވަނަތަކެއް ހޯދާފައެވެ.

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ
24 Oct 2026 ކުޅިވަރު

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ

މި ތަމްރީނު ކޭމްޕްގައި ފަލަސްތީނު ޓީމު ގާއިމުވެ ތިބުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ.

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ
24 Oct 2026 ކުޅިވަރު

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ

މިއީ މި ފެސްޓިވަލްގައި ރާއްޖެ ވާދަކުރާ ފުރަތަމަ މެޗެވެ. މި ފެސްޓިވަލްގައި ދެކުނު އެފްރިކާގެ އިތުރުން ރާއްޖެ ހިމެނޭ ގްރޫޕްގައި ވަރުގަދަ ޓީމްތައް ހިމެނެއެވެ. އޭގެ ތެރޭގައި ފްރާންސް، އެސްޓޯނިއާ އަދި ކޮސޯވޯ ހިމެނެއެވެ.

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް
15 Oct 2026 ކުޅިވަރު

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް

ދިރާގް ދިވެހި ޕްރިމިއާލީގްގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ ބައްދަލުކުރިމެޗް ފަސޭހަކަމާއެކު މާޒުޔާ ކާމިޔާބުކޮށްފިއެވެ.