އަމީރުލް ހައްޖުގެ ގޮތުގައި ތައުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ހައްޖަށް ފުރާވަޑައިގެންފި
ހައްޖުގެ މަތިވެރިކަމަށް މިއަހަރު ރާއްޖެ އިން ހައްޖަށް ފުރި ދިވެހީންގެ އިސްވެރިއެއްގެ ގޮތުގައި ހަމަޖެހިފައިވާ އަމީރުލް ހައްޖު, ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ހައްޖުގެ އަޅުކަމަށް މައްކާއަށް ފުރާވަޑައިގެންފިއެވެ.
ރާއްޖެއިން މިއަހަރު ހައްޖަށް ފުރާ އެންމެފަހު ގްރޫޕާއެކު ވަޒީރު ޙައްޖަށް ފުރާވަޑައިގެންއިރު، އެ ގްރޫޕްގައި 150 ދިވެހީން ހިމެނެއެވެ.
މިއަހަރު ހައްޖަށް ރާއްޖެއިން 1150 ހައްޖާޖީން ގޮސްފައިވާއިރު، މިއީ 2015 ވަނަ އަހަރުގެ ފަހުން އެހާ ގިނަ އަދަދަކަށް ހައްޖާޖީން ރާއްޖެއިން ދިޔަ އަހަރު ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޝަހީމް ވަނީ ވިދާޅުވެފައެވެ.
ޢާއްމުގޮތެއްގައި ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެ އަށް އަހަރަކަށް 1000 ހައްޖު ކޯޓާ ދޫކުރި ނަމަވެސް މިއަހަރު ޚާއްސަ ކޯޓާއެއްގެ ދަށުން 150 ކޯޓާ އިތުރަށް ދޫކޮށްފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް