މެރީޑިއަމްއިން 19މިލިޔަން ރުފިޔާ އެސްޓީއޯއަށް ދައްކަންޖެހިއްޖެ
މެރީޑިއަމް ކުންފުނީގެ ފަރާތުން އެސްޓީއޯގެ ފަރާތުން ނެގި ތެލަށް 19މިލިޔަން ރުފިޔާ ދައްކަން ޖެހޭކަމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.
ހައިކޯޓުން މިގޮތަށް ހުކުމްކޮށްފައިވަނީ އެސްޓީއޯގެ ފަރާތުން އެކޯޓުގައި ދަށުކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރުމުންނެވެ. ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ 2010ވަނަ އަހަރުގެ ފަހުކޮޅުގައި އެސްޓީއޯ އިން ނެގި ތެލަށް މެރީޑިއަމްގެ އަތުން 19 މިލިއަން ރުފިޔާ ލިބެންޖެހޭ ކަމަށް ސިވިލްކޯޓުގައި ދައުވާކުރުމުން އެ ފައިސާ ދައްކަން ނުޖެހޭނެކަމަށެވެ.
ސަބަބަކީ އެ ފައިސާއަށް ވާވަރަށް މެރީޑިއަމްއަށް ތެޔޮ ވިއްކިކަން އެސްޓީއޯއަށް ސާބިތުކޮށްދެއްވިފައި ނެތުމެވެ.
ހައިކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައިވަނީ އެސްޓީއޯއިން މެރީޑިއަމަށް ކްރެޑިޓަށް ތެޔޮ ދޫކުރިކަން ދެ ކުންފުނީގެ މެދުގައި ލިޔެކިޔުމުން ކޮށްފައިވާ މުއާމަލާތްތަކުން ވެސް އެކަން ސާފުވާކަމަށެވެ.
އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު އަލީ ސަމީރުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ފައިސަލް އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް