މަސްވެރިކަން ދަށްވުމުން ކޭއެފްސީ މުވައްޒަފުން ނުކުމެ ރަށުތެރެ ސާފުކުރަން ފަށައިފި
މަސްވެރިކަން ދަށްވުމާ ގުޅިގެން މިފްކޯގެ ސައިޓެއް ކަމުގައިވާ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް (ކޭއެފްސީ) ގެ މުވައްޒަފުން އިސްނަގައިގެން އެރަށް ސާފުކުރުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.
މިއަދު ހެނދުނު ކޫއްޑޫގައި ފެށުނު މި ޕްރޮގްރާމުގައި މިފްކޯގެ މެނޭޖުމެންޓުގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިކަމާ ގުޅޭގޮތުން ކޭއެފްސީގެ އެސިސްޓެންޓް ރީޖަނަލް މެނޭޖަރު މުސްތަފާ ޖަމީލު ވިދާޅުވީ، މިދުވަސްވަރު ރާއްޖޭގެ މަސްވެރިކަން ދަށްވުމުގެ ސަބަބުން މުވައްޒަފުން އިތުރަށް ކުރާނެ މާބޮޑު މަސައްކަތެއް ނެތުމާއެކު ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމް ފެށީ ކަމުގައެވެ.
މި ޕްރޮގްރާމާ ގޫޅޭގޮތުން، ކޭއެފްސީގެ އެސިސްޓެންޓް ރީޖަނަލް މެނޭޖަރު މުސްތަފާ ޖަމީލު (އޭއާރުއެމް) ވިދާޅުވީ، ޖުމްލަކޮށް މިދުވަސްވަރު ރާއްޖޭގެ މަސްވެރިކަން ދަށްވުމުގެ ސަބަބުން މުވައްޒަފުން އިތުރަށް ކުރާނެ މާބޮޑު މަސައްކަތެއް ނެތުމާއެކު ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމް ފެށީ ކަމުގައެވެ.
އަދި މި ހަފްތާ ނިމެންވާ އިރަށް ރަށުތެރެ އެއްކޮށް ސާފުކުރެވޭނެ ކަމަށްވެސް މުސްތަފާ ވިދާޅުވިއެވެ.
މިފްކޯއިން މި ޙަރަކާތާ ބެހޭގޮތުން ބުނެފައިވަނީ، ކުންފުނީގެ މާލީ ޙާލަތު ތަންދޭ މިންވަރަކުން، ކޫއްޑޫ ފެސިލިޓީން އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް