N/A
N/A
ހަބަރު 26 Dec 2019 | 08:43

މަކްތަބާ ސަލަފިއްޔާއާއި މުހައްމަދު ހަސަންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް!

ދީނީ ނަސޭހަތްދިނުމުގެ ހުއްދަ ވަގުތީގޮތުން ބާތިލްކުރެވިފައިވާ އައްޝައިޚް މުހައްމަދު ހަސަނާއި އެބޭފުޅާ އިސްވެ އޮވެ ހިންގާ މަކްތަބާ ސަލަފިއްޔާގެ މައްޗަށް ހަރުކަށި ފިކުރަށް ބާރުލިބިދޭ ފަދަ ބޮޑެތި ތުހުމަތުތަކެއް ފާޅުވެއްޖެއެވެ.

އިސްލާމިކް މިިނިސްޓްރީގެ ފަރާތުން މުހައްމަދު ހަސަންގެ ހުއްދަ ވަގުތީގޮތުން ބާތިލްކޮށްފައިވަނީ އިސްލާމްދީނުގެ ދަންނަ ބޭކަލުންގެ މެދުގައި ޚިލާފު އުފެދިފައިވާ މައްސަލަތަކާއި ބެހޭގޮތުން މުޖުތަމައުގައި ބައިބައިވުން އުފެދޭނެހެން ވާހަކަދެއްކުމާއި، ދީނީ އިލްމުވެރިންނާއި މެދު ހަގީގަތާއި ޚިލާފު ވާހަކަތައް ފެތުރުމާއި، ދަންނަ ބޭކަލުންގެ އިޖްމާއުން އެނގެން ނެތް ކަންކަމުގައި ތިމާ އަމިއްލައަށް ދެކޭ ގޮތަކީ ދީނުގައި ހަމައެކަނި އޮތްގޮތްކަމަށް ހަދައި، އެގޮތަށް ބާރުއަޅައި ވާހަކަ ދައްކައި، ސޯޝަލް މީޑިޔާގައި މައުލޫމާތު ފަތުރަމުންދާތީ ކަމަށް ބުނެއެވެ.

ރާއްޖޭގެ އޮންލައިން މީޑިޔާއަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ މީޑިޔާ އޮފިޝަލް ވިދާޅުވީ މަކްތަބާ ސަލަފިއްޔާ މޯލްޑިވްސްއަކީ ރާއްޖޭގައި ރަޖިސްޓްރީ ނުކޮށް ގާނޫނާ ހިލާފަށް ހިންގަމުންދާ ޖަމާއަތެއް ކަމަށެވެ. އަދި މި ޖަމާއަތުން ދިވެހިރާއްޖޭގެ ތިން ސަރަހައްދެއްގައި ތިން ސްކޫލެއް ހުއްދައާއި ނުލައި ހިންގަމުންދާކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

ވޮއިސްއިން ބެލި ބެލުމުން ހޯމް މިނިސްޓްރީން ގާއިމްކޮށްފައިވާ ޖަމްއިއްޔާތަކުގެ ޕޯޓަލްގައިވެސް މަކްތަބާ ސަލަފިއްޔާ ފެންނަން ނެތެވެ.

މީގެ އިތުރުން މުހައްމަދު ހަސަން ހަރުކަށި ފިކުރަށް ބާރު ލިބޭ ގޮތަށް ވާހަކަ ދައްކާފައި ހުރި ކަމަށް ބުނާ މައްސަލައެއްވެސް އިސްލާމިކް މިނިސްޓްރީން ދަނީ ބަލަމުންނެވެ.

މަކްތަބާ ސަލަފިއްޔާގެ ވެބްސައިޓްގައި އިއްދައާއި ބެހޭގޮތުން "ޢިއްދަ އަދި ޢިއްދައިގެ ޙުކުމްތައް" ނަމުގައި މުހައްމަދު ހަސަން ތަރުޖަމާކޮށް ލިޔެފައިވާާ ލިޔުމެއްގައިވާގޮތުގައި އިއްދައިގެ ތިންވަަނަ ބާވަތުގައި ހައިޟުނުވާ އުމުރުގެ ކުޑަކުދިންވެސް ހިމަނާފައިވެއެވެ.

"ވަރިކުރި އިރު ޙައިޟު ނުވާ އަންހެނުންނެވެ. މިފަދަ އަންހެނުން 2 ބަޔަކަށް ބެހިގެންދެއެވެ. ޢުމުރު ހަގުކަމުން ޙައިޟު ނުވާ އަންހެނުންނެވެ. އަދި ޢުމުރު ދޮށިވުމުގެ ސަބަބުން ޙައިޟު ހުއްޓިފައިވާ އަންހެނުންނެވެ. މި ދެ ބައިގެ އަންހެނުންގެ ޢިއްދަ ބަޔާންކޮށް ﷲ ވަޙީކުރައްވާފައިވެ އެވެ. ﴿ وَاللَّائِي يَئِسْنَ مِنَ الْمَحِيضِ مِن نِّسَائِكُمْ إِنِ ارْتَبْتُمْ فَعِدَّتُهُنَّ ثَلَاثَةُ أَشْهُرٍ وَاللَّائِي لَمْ يَحِضْنَ﴾ "އަދި ތިޔަބައިމީހުންގެ އަންހެނުންކުރެ ޙައިޟުން އުއްމީދު ކެނޑިފައިވާ މީހުންނާ މެދުގައި، ތިޔަބައިމީހުން ޝައްކުކުރާ ނަމަ، ފަހެ އެކަނބަލުންގެ ޢިއްދައަކީ އަދި ޙައިޟުނުވާ މީހުންގެ ޢިއްދައަކީ ވެސް 3 މަސް ދުވަހެވެ." މާނައީ : ދެބައިމީހުންގެ ޢިއްދައަކީ ވެސް އެފަދަ އެވެ"، މިފަދައިން ލިޔެވިފައިވެއެވެ.

ދާދި ފަހުން ހޮޓެލް ޖެންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުުމުގައި ވާހަކަދައްކަވަމުން މުހައްމަދު ހަސަން ވިދާޅުވީ ދިވެހިރާއްޖޭގައި ދީނީގޮތުން ހަރުކަށި ފިކުރު ފެތުުރުމަށް މަސައްކަތްކުރާކަން ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް އެއީ އެބޭފުޅާ އަދި މަކްތަބާ ސަލަފިއްޔާއަށް ނިސްބަތްވާ އިލްމުވެރިން ނޫންކަމަށް މުހައްމަދު ހަސަން ވިދާޅުވިއެވެ.

މުހައްމަދު ހަސަން ވިދާޅުވީ 2009ވަނަ އަހަރުން ފެށިގެން އެބޭފުޅާ ދަނީ ހަރުކަށި ފިކުރާއި ދެކޮޅަށް މަސައްކަތްކުރަމުން ކަމަށާއި، އެއީ އެބޭފުޅާއާއި މަކްތަބާ ސަލަފިއްޔާއިން "ދަންނަވެސް އެއްޗެއް ނޫން" ކަމަށެވެ

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...