އައްޑޫ އާއި ހުވަދޫ އާއި ދެމެދު ހެލިކެޕްޓަރ ދަތުރު ފެށުމަށް މަސައްކަތް ކުރަނީ
އައްޑޫ އާއި ހުވަދޫ އާއި ދެމެދު ހެލިކެޕްޓަރގެ ދަތުރު ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ފައްޔާޒު އެފަދައިން ވިދާޅުވެފައިވަނީ އައްޑޫގެ ތަސަވައްވަރު ހުށަހެޅުމަށް މާލޭގައި ބޭއްވި ހަފްލާއެއްގައެވެ.
އެ ހަފްލާގައި ވާހަކަދައްވަމުން މިނިސްޓަރ ވިދާޅުވީ އައްޑޫއާއި ހުވަދޫއާއި ދެމެދު ހެލިކަޕްޓަރ ސާވިސް ފެށުމާއި ގުޅޭ ގޮތުން ޓްރާންސްޕޯޓަރ މިނިސްޓްރީން ގަވާއިދުތައް ހަދަމުން އަންނަ ކަމަށެވެ.
ރޭގައި ބޭއްވި އެ ހަފްލާގައި އައްޑޫގެ ތަސައްވުރުގައި ގަމަށް 5 ސަރަހައްދަކުން ޝެޑިއުލް ފްލައިޓު ބޭއްވުމަށް ހިޔާލު ހުށަހަޅާފައިވެއެވެ. އަދި އޭގެއިތުރުން އެބައްދަލުވުމަށް ހާޒިރުވި ބައެއް ފަރާތްތަކުން ވަނީ ގަމާއި ހުވަދޫ އާއި ދެމެދު ދަތުރު ކުރެވޭނެ ފަސޭހަ އިންތިޒާމް ތަކެއް ހަމަޖެއްސުމަށް ފެންނަކަމަށް ހިޔާލު ހުށަހަޅާފައެވެ.
އެގޮތުން ދެކުނުގެ ޓޫރިޒަމް ކުރިއެރުވުމަށް ގަމަށް އަންނަ ފަތުރުވެރިން ހުވަދޫގެ ރިސޯޓުތަކަށް ގެންދެވޭނެ އިންތިޒާމް ހަމަޖެއްސުމަށްވެސް ހިޔާލު ހުށަހަޅާފައެވެ.
އަތޮޅުތެރޭގައި ޓުރިޒަމް ކުރިއެރުވުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ދެކުނަކީ މިހާރު އެންމެ ބޮޑަށް ޓުއަރިޒަމް ތަރައްގީވަމުން އަންނަ ސަރަހައްދަށް ވާއިރު އެ ސަރަހައްދުގައި ދަތުރުފަތުރުކުރެވޭނެ ލުއި ގޮތްތަކެއް ހަމަޖެހިގެން ދިއުމަކީ އެސަރަހައްދުގައި ފަތުރުވެރިކަން ކުރާ ފަރާތްތަކުން އެންމެ ބޮޑަށް ބޭނުންވާ އެއްކަންތައް ތައް ފާހަގަކޮށްލެވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް