ލަންކާއާއި ރާއްޖޭގެ ރަސްމީ މަޝްވަރާތައް ބާއްވައިފި
ސްރީލަންކާއާއި ދިވެހިރާއްޖޭގެ ސަރުކާރުގެ އިސްވެރިންނާއި ދެމެދު ރަސްމީ މަޝްވަރާތައް ބާއްވައިފިއެވެ.
މި މަޝްވަރާތައް މިއަދު އޮތީ ސްރީލަންކާގެ ރައީސްގެ ރަސްމީ ގެކޮޅުގައެވެ.
މި މަޝްވަރާ ބައްދަލުވުންތަކުގައި ވަނީ އެކި ދާއިރާތަކުން ދޭޭދޭ ގައުމުތަކުގެ މެދުގައި ގުޅުންތައް ބަދަހިކުރުމާއި ބެހޭގޮތުން މަޝްވަރާތައް ކުރެވިފައެވެ. އެގޮތުން އުމްރާނީ ތަރައްގީ، ވިޔަފާރި، ތިމާވެށި އަދި ސަލާމަތީ ޚިދުމަތްތަކުގެ ދާއިރާތައް ހިމެނެއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ސްރީލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ވަނީ ދެގައުމުގެ މެދުގައި އެކި ދާއިރާތަކުން ގުޅުންތައް ބަދަހިކުރުމަށް ބޭނުންފުޅުވާކަމަށް ވިދާޅުވެފައެވެ.
މި ބައްދަލުވުމުގައި ރައީސް ސޯލިހުވަނީ ސަރަހައްދީ ގުޅުންތައް ހަރުދަނާ ކުރުމަކީ އެމަނިކުފާނުގެ ސަރުކާރުގެ މުހިންމު އަމާޒެއްކަމަށް ފާހަގަކުރައްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް