ވަން ޕޭން ޗިކަން ރައިސް
ވަން ޕޭން ޗިކަން ރައިސް
ލައިފްސްޓައިލް 14 Feb 2025 | 04:41

’ވަން ޕޭން ޗިކަން އެންޑް ރައިސް‘ ހަދަން އެނގޭތަ؟ މިއޮތީ ރެސިޕީ

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

މި ހުކުރު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ވަރަށް ފަސޭހައިން ވަރަށް އަވަހަށް ތައްޔާރު ކޮށްލެވޭ ކެއުމެއްގެ ރެސިޕީއެކެވެ. ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުއްމީދު ކުރަމެވެ.

ބޭނުންވާ ތަކެތި

* 4 ބޯންލެސް، ޗިކަން ބްރެސްޓް

* 3 މޭޒުސަމުސާ ތެޔޮ

* 1 ޖޯޑު ބާސްމަތީ ހަނޑޫ

* 2 ¼ ޖޯޑު ޗިކަން ބްރޮތް

* 1 ލުނބޯ

* ކޮށާފައިވާ ކޮރިއެންޑާފަތް ނުވަތަ ޕާސްލީ ފަތް

ސީޒަނިން ހަދަން ބޭނުންވާ ތަކެތި

* 2 ސައި ސަމުސާ ޕެޕްރިކާ

* 1 ސައި ސަމުސާ ލޮނުމެދު ޕައުޑަރު

* 1 ސައި ސަމުސާ ލޮނު

* 1 ސައި ސަމުސާ މުގުރި ދިރި

1 ސައި ސަމުސާ މުގުރި މިރުސް ޕައުޑަރު

▢ 1 ސައި ސަމުސާ ކޮތަންބަ - (ނޯޓު ބައްލަވާ)

ތައްޔާރު ކުރާނެ ގޮތް

1) ކުޑަ ތަށްޓެއްގައި ސީޒަނިންގ މިކްސްގެ ހުރިހާ ތަކެތި އެއްކޮށް އެކުލަވާލާށެވެ. ދެން އެ ދެބަޔަށް ބަހާލާފައި އެއްފަރާތުގައި ބަހައްޓާށެވެ.

2) ލުނބޯ ދެބައިކޮށް، އެއްބައިން ތުނި ލުނބޯ ފޮތިތަކެއް ކޮށާލާށެވެ. އަނެއްބައި ބަހައްޓާށެވެ.

3) މެދުމިނުގެ ތަށްޓަކަށް ކުކުޅު އަޅާލާށެވެ. ދެން 2 މޭޒުސަމުސާ ތެޔޮ އަޅާފައި ރަނގަޅަށް ކުކުޅުގައި އުނގުޅާލާށެވެ. އަދި ތައްޔާރުކޮށްފައިވާ ސީޒަނިންގ މިކްސްގެ ދެބައިކުޅަ އެއްބައި ކުކުޅުގެ ދެފަރާތުގައި ރަނގަޅަށް އުނގުޅާށެވެ.

3) ބޮޑު ތަވާއަކަށް 1 މޭޒުސަމުސާ ތެޔޮ އަޅާފައި މެދު ގިނީގައި ކުކުޅު މަސްތަކުގެ ކޮންމެ ފަރާތެއްގައި 2-3 މިނެޓު ވަންދެން ކައްކާށެވެ. ދެން ކުކުޅު ނަގައި ތައްޓެއްގައި ބަހައްޓާށެވެ. ( އެވަރުން ކުކުޅުގައި ރަނގަޅަށް ރޯ ނުފިލާނެއެވެ)

4) ހަނޑޫ ދޮވެލުމަށްފަހު، ކުކުޅު ފްރައި ކުރި ބޮޑު ތަވައިގައި، ހަނޑުލާއި، ޗިކަބް ބްރޮތް، 1/2 ލުނބޮލުގެ ހުތް، އަދި ބާކީ ހުރި ސީޒަނިންގ މިކްސް އަޅާލާށެވެ.

5) ދެން އޭގެ މައްޗަށް ކުކުޅު ކޮޅުވެސް އަޅާފައި މަތި ޖަހައިގެން 20-25 މިނެޓު ވަންދެން ކައްކާށެވެ. އެހާއިރު ވާއިރު، ފެންގަނޑު ހިނދި ކުކުޅުގެ ރަނގަޅަށް ރޯފިލާނެއެވެ:

6) ފަހު ކަމަކަށް ލުނބޯ ފޮތިތައް ކުކުޅު މަތީގައި އަތުރާލައި، ކޮށާފައިހުރި ޕާސްލީ/ ކޮރެއަންޑާ ފަތުން ޒީނަތްތެރިކޮށްލާށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް
08 Oct 2026 ލައިފްސްޓައިލް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް

މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން ...

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ
08 May 2026 ލައިފްސްޓައިލް

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

ހުކުރު ދުވަހު މެންދުރު ކެއުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ގިނަ މީހުންގެ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވީމާ މިއަދު މި ގެނެސްދެނީ ފަސޭހައިން، ތަންކޮޅެ މަދު ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވ...

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ
24 Apr 2026 ލައިފްސްޓައިލް

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކުކުޅެއް ފިހެލާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވ...

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
17 Apr 2026 ލައިފްސްޓައިލް

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟

ފިނި ދުވަހެއްވިޔަސް ހޫނު ދުވަހެއްވިޔަސއ ރިފްރެޝިން ބުއިމެއް ބުއިލުމަކީ ވަރަށް ތާޒާކަން އިހްސާސް ކުރުވައިދޭ ކަމެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގ...

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ
06 Mar 2026 ލައިފްސްޓައިލް

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ

ކޯން ޕިއްޒާ އަކީ މިހާރު އެންމެ ޓްރެންޑިން ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް މިވަނީ ވެފައެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗިކަން ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީއެވ...

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ
27 Feb 2026 ލައިފްސްޓައިލް

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ

ރޯދަ ވީއްލާ ގަޑީގައި ކުޅި އެއްޗެއް ކައިލުމަށްފަހު ފޮނި އެއްޗެއްގެ ރަހަބަލާލުމަށް ބޭނުންވާ މީހުން މަދެއް ނޫނެވެ. މިއީ އެފަދަ މީހުން ތައްޔާރު ކޮށްލަން ރަނގަޅު، ފަސޭހަ ގޮނި އެއްޗެއްގެ ރެސިޕީއެވެ. ބޭނުންވ...