ސްޓެލްކޯގެ ޗެއާމަންކަމަށް މުހައްމަދު ރަޝީދު
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީގެ ބޯޑް އޮފް ޑިރެކްޓަރސްެގެ ޗެއާމަންކަމަށް ބޭފުޅަކު މިއަދު ހަމަޖައްސައިފި އެވެ.
އެ މަގާމަށް ޕްރައިވެޓައިޒޭޝަން ބޯޑުން ހަމަޖެއްސެވީ މުހައްމަދު ރަޝީދެވެ. މުހައްމަދު ރަޝީދަކީ ސްޓެލްކޯގައި މީގެ ކުރިން ގިނަ މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ.
ސްޓެލްކޯގެ ބޯޑުގައި ހިމެނެނީ މީގެ ކުރިން ވަނީ މެނޭޖިން ޑިރެކްޓަރަށް ހަސަން މުޣުނީގެ އިތުރުން އެ ކުންފުނީގެ މުހައްމަދު ވަސީމާއި އަބްދުއްރަހުމާން އާރިފް އެވެ.
ފަސް މެމްބަރުން ހިމެނޭ އެ ކުންފުނީގެ ބޯޑުގައި އަދިވެސް އަދި އެއް ބޭފުޅަކު އައްޔަންކޮށްފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް