ނޭޝަނަލް ޕޭ ކޮމިޝަނަށް މެންބަރުން ހަމަޖައްސައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު، ނޭޝަނަލް ޕޭ ކޮމިޝަނަށް އާ މެންބަރުން އައްޔަންކުރައްވައިފިއެވެ.
މި ކޮމިޝަނަށް މެންބަރުން އައްޔަންކޮށްފައިވަނީ ޤާނޫނު ނަންބަރު 2016/11 (ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ނ) ގެ ދަށުންެނެވެ.
"ނޭޝަނަލް ޕޭ ކޮމިޝަން" އަށް އަަލަށް އައްޔަންކުރެވުނު މެންބަރުންނަކީ:
1. މަރްޔަމް ނިޔާފް މުޙައްމަދު (ހެންވޭރު. ނީލަމް)
މަރްޔަމް ނިޔާފް މުޙައްމަދަކީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް މެންޗެސްޓަރ އިން މާސްޓަރ އޮފް ސައިންސް އިން އިކޮނޮމިކްސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި މިހާރު ގެންދަވަނީ މެލޭޝިޔާގެ މެނެޖްމަންޓް ސައިންސް ޔުނިވަރސިޓީ އިން ބިޒްނަސް/އެޗް.އާރ ދާއިރާއިން ޕީ.އެޗް.ޑީ ފުރިހަމަ ކުރައްވަމުންނެވެ. މަރްޔަމް ނިޔާފް މުޙައްމަދު ގެންދަވަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ބިޒްނަސް ސްކޫލްގެ ލެކްޗަރަރއެއްގެ މަގާމު އަދާ ކުރައްވަމުންނެވެ.
2. ޢަފާފް އިބްރާހީމް ޢަލީދީދީ (ވިލިނގިލި. މިންނަތް)
ޢަފާފް އިބްރާހީމް ޢަލީދީދީ އަކީ އޮސްޓްރޭލިޔާގެ އީޑިތް ކޯވަން ޔުނިވަރސިޓީ އިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އިންޓަރނޭޝަނަލް) ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.
3. ޢަބްދުﷲ ޢަލީ (ރޯނުގެ، ހދ. ހަނިމާދޫ)
ޢަބްދުﷲ ޢަލީ އަކީ އެމެރިކާގެ އީސްޓަރން މިޝިގަން ޔުނިވަރސިޓީ އިން މާސްޓަރ އޮފް އާޓްސް އިން އިކޮނޮމިކްސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. ޢަބްދުﷲ ޢަލީ ގެންދަވަނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ ރީޖަނަލް ކޯޕަރޭޝަން ސްޕެޝަލިސްޓްގެ މަގާމު އަދާ ކުރައްވަމުންނެވެ.
4. ފާޠިމަތު ޝާނާ ފާރޫޤު (މާފަންނު. ލަންސިމޫގެ)
ފާޠިމަތު ޝާނާ ފާރޫޤު ގެންދަވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމު އަދާ ކުރައްވަމުންނެވެ.
"ނޭޝަނަލް ޕޭ ކޮމިޝަން" ގެ ނައިބު ރައީސް ކަމަށް ހަމަޖައްސަވާފައިވަނީ މަރްޔަމް ނިޔާފް މުޙައްމަދެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް