ބައެއް ވޯޓުލާ މަރުކަޒުތައް ވޯޓުގެ ސިއްރުކަން ގެއްލިދާނެ ފަދަ ގޮތަކަށް: ޓްރާންސްޕޭރަންސީ
މަޖިލިސް އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާ ބައެއް މަރުކަޒުގެ އިންތިޒާމްތައް ހަމަޖެހިފައިހުރި ގޮތުން ވޯޓްގެ ސިއްރުކަން ގެއްލިދާނެކަމަށް ބުނެ ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފައިވާ ގޮތުގައި ވޯޓްގެ ސިއްރުކަން ގެއްލިދާނެކަމަށް ފެންނަ %1 މަރުކަޒު އެބަހުރި ކަމަށެވެ. އެހެންވެ އެ މަރުކަޒުތައް ވަރަށް ގާތުން އޮބްޒާވްކުރަމުން ގެންދާނެ ކަމަށް ވެސް އެ ޖަމިއްޔާއިން ވަނީ ހާމަކޮށްފައެވެ.
ވޯޓުގެ ސިއްރުކަން ގެއްލިދާނެ ފަދަ މަރުކަޒުތައް ހުރިކަމަށް ބުންޏަސް އެއީ ކޮން މަރުކަޒުތަކެއް ކަމެއް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ހާމަކޮށްފައެއް ނުވެއެވެ.
މީގެ އިތުރުން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފައިވާ ގޮތުގައި މިއަދުގެ ވޯޓުލުން ފެށުނު އިރު ބައެއް ވޯޓު މަރުކަޒުތަކުގެ ކައިރީގައި ފުލުހުން ހަރަކާތްތެރި ވެފައެއް ނުވެއެވެ. އެގޮތުން ފުލުހުން ހަރަކާތްތެރިވެފައިވަނީ %81 ވޯޓުލާ މަރުކަޒުތަކުގެ ބޭރުގައި ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް