ޕީޕީއެމްގެ ލީޑަރޝިޕްގެ އިސްތިއުފާއަށް ނިހާން ގޮވާލައިފި
ފާއިތުވެދިޔަ އިންތިޚާބުގައި ޕީޕީއެމްއަށް ލިބުނު ނާކާމިޔާބީއާއި ގުޅިގެން އެޕާޓީގެ ލީޑަރޝިޕްގެ އިސްތިއުފާއަށް ޕީޕީއެމްެގެ ޕީޖީ ގްރޫޕްގެ ލީޑަރ އަދި ވިލިމާލެ ދާއިރާގެ މެންބަރ އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.
ނިހާން މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.
އެބޭފުޅާ ވިދާޅުވީ ޕީޕީއެމްގެ ލީޑަރޝިޕްއިން ފެއިލްވި އެންެމެން ދުރަށް ދާންޖެހޭ ކަމަށާއި އާ ލީޑަރޝިޕަކަށް ޖާގަ ދޭންޖެހޭ ކަމަށެވެ.
އެގޮތުން 2017ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބާއި، މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބާއި މިއަހަރުގެ މަޖިލިސް އިންތިޚާބުން ބަލިވީ ހަރުދަނާ ލީޑަރޝިޕެއް ނެތުމުންކަމަށް ނިހާން ވަނީ ސިފަކުރައްވާފައެވެ.
"އެ އެންމެން އިސްތިއުފާ"، ނިހާން ވިދާޅުވިއެވެ.
ނަމަވެސް ނިހާންގެ ޓްވީޓްގައި އިސްތިއުފާ ދެއްވަންވީ ކޮންބައެއްތޯ ފާހަގަކޮށްފައެއް ނުވެއެވެ. ނިހާނަކީވެސް ޕީޕީއެމްގެ ލީޑަރޝިޕްގައި ހިމެނޭ ފަރާތެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް