N/A
N/A
ހަބަރު 04 Dec 2019 | 10:51

ސިފައިންގެ މައިމަރުކަޒަށް ބިދޭސީއަކު ވަދެ އިންޒާރު ދިނުމަކީ އާދައިގެ ކަމެއްނޫން: ހަސަންޓޭ

ސިފައިންގެ މައިމަރުކަޒަށް ބިދޭސީއަކު ވަދެ އިންޒާރު ދިނުމަކީ އާދައިގެ ކަމެއްނޫން ކަމަށާއި ގައުމު މިއޮތީ ނުރައްކާތެރި ހާލަތެއްގައިކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު (ހަސަންޓޭ) ވިދާޅުވެއްޖެއެވެ.

މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނަށް ހިންނަވަރު ދާއިރާގެ މެންބަރު ޖީހާނު މަހަމޫދު ހުށަހެޅުއްވި އިސްލާހުގެ ބަހުސް މަރުހަލާގައި ވާހަކަދައްކަވަމުން، އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު ވިދާޅުވީ، ރައްޔިތުން މިއަދު އެންމެ ކަންބޮޑުވާ އެއް މައްސަލައަކީ ރާއްޖޭގައި އެކަށީގެން ނުވާ މިންވަރަށް، އަދި ގަވައިދާ ހިލާފަށް އެތައް ހާސް ބިދޭސީން ދިއުޅޭ މައްސަލަ ކަމަށެވެ.

ހަސަންޓޭ ވިދާޅުވީ، މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެނެސް ބިދޭސީންގެ މައްސަލައަށް ހައްލެއް ގެނައުމަށް މިހާރު މާ ބޮޑަށްވެސް ލަސްވެއްޖެ ކަމަށެވެ.

ގާނޫނަށް އެފަދަ އިސްލާހެއް ގެނައި ނަމަވެސް، އެގާނޫނު ތަންފީޒުކުރާ އިދާރާތަކުން ގާނޫނު ތަންފީޒު ކުރުމުގައި އިސްކަންދޭން ޖެހޭ ކަމަށައި ޒިންމާދާރުކަމާއެކު ގާނޫނު ތަންފީޒު ނުކުރެވޭނަމަ އެފަދަ މައްސަލަތަކަށް ހައްލެއް ނުލިބޭނެ ކަމަށް ހަސަންޓޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގާނޫނު ހަދައި ރައީސުލްޖުމްހޫރިއްޔާ އެގާނޫނެއް ތަންފީޒު ކުރެއްވި ނަމަވެސް ގާނޫނު ތަންފީޒުކުރާތަން ފެންނަނީ ވަރަށް މަދުން ކަމަށެވެ.

ބަންޑާރަކޮށި ތެރެއަށް ވެހިކަލެއްގައި ބިދޭސީއަކު ވަދެ ތަން ގޮއްވައިލާނެ ކަމަށް ބުނި މައްސަލަ ފާހަގަކުރައްވައި ހަސަންޓޭ ވިދާޅުވީ މިއީ އާދައިގެ ކަމެއް ނޫން ކަމަށާއި އެފަދަ މައްސަލަތައް ކުރިމަތިވަނީ ހެދިފައި ހުރި ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒު ނުކުރެވޭތީ ކަމަށެވެ.

''ސަލާމަތީ ހިދުމަތްދޭ މަރުކަޒަކަށް ބިދޭސީއަކު ވޭނެއްގައި ވަދެ އިންޒާރުދިން މައްސަލަ، މިއީކީ އާދައިގެ ކަމެއްނޫން. މިއީ ބަލަހައްޓައިގެން ތިބެވޭނެ ކަމެއްނޫން. އެކަމަކީ ވާހަކަ ނުދައްކައި ބަލަހައްޓައިގެން ތިބެވޭ ވަރަށްވުރެ މާ ނުރައްކާތެރި ހާލަތެއްގައި މިރާއްޖެ މިއޮތީ.'' ހަސަންޓޭ ވިދާޅުވިއެވެ.

ބިދޭސީންގެ މައްސަލަތައް ކުރިމަތިވީ އިއްޔެއަކު މިއަދަކު ނޫންކަން ފާހަގަކުރައްވައި ހަސަންޓޭ ވިދާޅުވީ، ބިދޭސީން ރާއްޖެ އަންނަ ތާރީޚު އިމިގްރޭޝަނަށް އެނގޭ ކަމަށާއި ނަމަވެސް އޭގެ ފަހުން ބިދޭސީ މީހާ ގެންނަ ފަރާތުން މަސައްކަތް ނިމުމުން އެމީހަކު ދޫކޮށްލާ ކަމަށެވެ. އޭގެފަހުން ލިޔެލިޔުންތައް ގެއްލި، ބިދޭސީން އެތަން މިތަނުގައި މަސައްކަތްކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...