ލުބުނާނުގެ ވެރިރަށް ބެއިރޫތަށް އިޒްރޭލުން ދިންހަމަލާއެއްގައި ގެއެއް ބިމާ ހަމަވެފައި. ފޮޓޯ/ އަލްޖަޒީރާ
ލުބުނާނުގެ ވެރިރަށް ބެއިރޫތަށް އިޒްރޭލުން ދިންހަމަލާއެއްގައި ގެއެއް ބިމާ ހަމަވެފައި. ފޮޓޯ/ އަލްޖަޒީރާ
ދުނިޔެ 02 Jun 2025 | 04:02

އިޒްރޭލުން ލުބްނާނަށް ދިން ހަމަލާއެއްގައި 2 މީހަކު ޝަހީދުވެއްޖެ

އިޒްރޭލުން ލުބުނާނުގެ ދެކުނަށް ދިން ހަމަލާއެއްގައި ލުބުނާނުގެ 2 މީހުން ޝަހީދުވެއްޖެއެވެ.

ލުބުނާނުގެ ހެލްތް މިނިސްޓުރީން ބުނެފައިވާގޮތުގައި މިހަމަލާގައި ލުބުނާނުގެ 2 މީހަކު ޝަހީދުވެފައިވާއިރު އެކަކު ވަނީ ޒަހަމްވެފައެވެ. އިޒްރޭލުން މިވަނީ މިފަހަރުވެސް ހިޒްބުއްﷲ އާއިއެކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވެ، ލުބުނާނުގެ އެކި ސަރަހައްދުތަކަށް ހަމަލާދޭން ފަށައިފައެވެ.

އެގޮތުން މިއަދު ލުބުނާނަށް އިޒްރޭލުން ހަމަލާދީފައިވަނީ ވެހިކަލްތަކަކަށް އަމާޒުކޮށެވެ. އިޒްރޭލުންވަނީ މިދިޔައަހަރުގެ ނޮވެމްބަރު 27ގައި ލުބުނާނުގެ ހިޒްބުއްﷲއެކު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައެވެ. އެހެންނަމަވެސް މިއެއްބަސްވުމާއި ހިލާފުވެ އިޒްރޭލުން ދަނީ ލުބުނާނުގެ ބޮޑެތި ސިޓީތަކުން ފެށިގެން ކުދި އަވަށްތަކަށް ހަމަލާދެމުންނެވެ.

ފާހަގަކޮށްލަންޖެހޭ ކަމަކީ ލުބުނާނަކީ ފަލަސްޠީނުގެ އެތަކެއް ރައްޔިތުން ދިރިއުޅެމުން އަންނަ ޤައުމެކެވެ. ހިޒްބުއްﷲ އާއި އިޒްރޭލް ހަނގުރާމަ ބަދަލުކުރަން ފެށުނު މައިގަނޑުއެއް ސަބަބަކީވެސް ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް އިޒްރޭލުން ލާއިންސާނީއެތަކެއް ހަމަލާތަކެއް ދެމުންދާތީއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް