ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާ
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާ
ދުނިޔެ 14 Jan 2025 | 05:16

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ޒަޔަނިސްޓް ލޭބަރ މިނިސްޓަރަކު ހައްޔަރުކޮށްފި

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ކުޑަކުއްޖަކާއެކު ޖިންސީ މުޢާމަލާތް ހިންގަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި، ކުރީގެ ލޭބަރ ޕާޓީގެ ޑިފެންސް މިނިސްޓަރެއް ކަމުގައިވާ އައިވޯ ކެޕްލިން (66 އަހަރު) ހައްޔަރުކޮށްފިއެވެ. މިކަން ހިނގާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އިނގިރޭސިވިލާތުގެ ހޯވް ސިޓީގައެވެ.

ފޭސްބުކް ލައިވް ވީޑިއޯއެއްގައި ކެޕްލިން 15 އަހަރުގެ ކުއްޖަކާ ބައްދަލުކުރަން އުޅުނު ކަމަށް ތުހުމަތުކޮށް، ހައްޔަރުކުރާ މަންޒަރު ފެންނައިރު، އޭނާ ދިޔައީ އެ ތުހުމަތު ތަކަށް ދެކޮޅު ހަދާފައެވެ.

ފުލުހުން ބުނެފައިވަނީ ކެޕްލިން ހައްޔަރުކޮށްފައިވަނީ "ކުޑަކުއްޖަކާއެކު ޖިންސީ މުޢާމަލާތް ހިންގުމުގެ" ތުހުމަތުގައި ކަމަށެވެ. އަދި ހޯވްގެ ރައްޔިތުން ބުނާ ގޮތުގައި ފުލުހުން ކެޕްލިންގެ ގެ ބަލައި ފާސްކޮށް، ހެކި ގޮތުގައި ބައެއް ތަކެތި ނަގާފައިވެއެވެ.

އެހެން ނަމަވެސް، މިދިޔަ އާދިއްތަ ދުވަހު ފުލުހުން ބުނެފައިވަނީ ކެޕްލިން މިހާރު ދޫކޮށްލާފައިވާ ކަމަށާއި، އެ މައްސަލައިގެ އިތުރު ތަޙުޤީޤުތައް ކުރިއަށްދާ ކަމަށެވެ. އަދި ކެޕްލިން ދޫކޮށްލީ އޭޕްރީލް 10 ގެ ނިޔަލަށް ކަމަށްވެސް ބުނެފައިވެއެވެ.

ކެޕްލިންއަކީ 1997 އިން 2005 އަށް ހޯވްގެ އެމްޕީއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ މީހެކެވެ. އަދި އޭގެ ފަހުން ލޭބަރ ސަރުކާރުގެ ޑިފެންސް މިނިސްޓަރުކަން ވެސް ކޮށްފައިވެއެވެ.

މި މައްސަލައާ ގުޅިައާ ގުޅިގެން ރިފޯމް ޔޫކޭގެ ލީޑަރު ނައިޖެލް ފަރާޖް ވަނީ އޭނާގެ ފޭސްބުކް އެކައުންޓުގައި ޕޯސްޓެއް ކޮށްފައެވެ. އޭގައި އޭނާ ބުނެފައިވަނީ ކުރީގެ ލޭބަރ ޑިފެންސް މިނިސްޓަރު އައިވޯ ކެޕްލިން 15 އަހަރުގެ ކުއްޖަކާ ބައްދަލުކުރަން އުޅުނު ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް