މާފަންނުގެ ގެއަކުން މަރުވެފައި އޮތް ޒުވާނަކު ފެނިއްޖެ
މާފަންނުގެ ގެއަކުން މަރުވެފައި އޮތް ޒުވާނަކު މިއަދު ހެނދުނު ފެނިއްޖެއެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު ގާތްގަނޑަކަށް 09:30 އެހާއިރު މާފަންނުގައި ހުރި ގެއެއްގައި މީހަކު މަރުވެފައި އޮތްކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އަދި ފުލުހުން މިހާތަނަށް ބެލި ބެލުމުން، މަރުވެފައިވާ މީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތްކަމަށް ފާހަގަކުރިއެވެ.
21އަހަރުގެ މި ޒުވާނާގެ މަރުގެ މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް