ފެހެންދޫއާ ގޮއިދޫ ގުޅާލުމުގެ މަޝްރޫއު އަންނަ އަަހަރުގެ ބަޖެޓުގައި ހިމަނަން ނިންމައިފި
ބ. ގޮއިދޫ އާއި ފެހެންދޫ ކޯޒްވޭއަކުން ގުޅުވާލުމުގެ މަޝްރޫއު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ފެހެންދޫ ކައުންސިލުން ސަރުކާރުގައި އެކަމަށް އެދިފައިވާތާ ދެ މަސް ފަހުން އެކަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައި ދެއްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވީ ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފެހެންދޫ އަށް އިއްޔެ ވަޑައިގެން އެރަށު ކައުންސިލަރުންނާއެކު ބޭއްވި ބައްދަލުވުމުގައެވެ.
ފެހެންދޫ އަކީ ގޮއިދޫއާ އެއް މޭލު ދުރުގައި އޮންނަ ރަށެކެވެ. އާބާދީގައި 303 މީހުން އުޅެމުން އަންނަ ފެހެންދޫ އިން ގޮއިދޫ އަށް ޑިންގީއެއްގައި ދިއުމަށް ހޭދަވަނީ ފަސްވަރަކަށް މިނެޓެވެ.
ކިޔެވުމަށް ގޮއިދޫ ސްކޫލަށް ދާން ޖެހޭ މައްސަލަ ހައްލުކުރުމުގެ ގޮތުން ދެރަށް ކޯޒްވޭއަކުން ގުޅުވާލަ ދިނުމަށް ކައުންސިލުން އެދުނީ ރައްޔިތުންގެެވެސް އެދުމުގެ މަތިންނެވެ.
އާބާދީ ކުޑަވުމުގެ ސަބަބުން 2008 ވަނަ އަހަރުން ފެށިގެން ފެހެންދޫ ސްކޫލު ވަނީ ބަންދުކޮށްފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް