ތުތި ބޯވަދިލަމަހުގެ މަސްވެރިކަމުގެ ތަމްރީން ޕްރޮގުރާމެއް ކުރިއަށް ގެންގޮސްފި
މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް މެރިން ރިސޯސެސްގެ ފަރާތުން ތުތި ބޯވަދިލަމަހުގެ މަސްވެރިކަމުގެ ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މާޗް މަހުގެ 8 ވަނަ ދުވަހުން 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގެ ބައިވެރިން ވަނީ ފިޝަރީޒް މިނިސްޓްރީގެ ޓްރެއިނިން ޕްރޮގްރާމް ހިންގާ ދޯނީގައި ތުތި ބޯވަދިލަމަހުގެ މަސްވެރިކަމަށް ނިކުމެފައެވެ.
ތަމްރީން ޕްރޮގްރާމްގެ ބައިވެރިންނަށް ތުތިބޯވަދިލަ މަހުގެ މަސްވެރިކަމާއި ބެހޭގޮތުން ތަމްރީން ދެއްވީ މިނިސްޓްރީގެ މުވައްޒަފުންނެވެ.
ފިޝަރީޒް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މިނިސްޓްރީގެ "ލޯބޮޑު" ދޯނީގައި ކުރިއަށް ގެންދިޔަ މި ތަމްރީން ޕްރޮގްރާމްގައި 7 މީހަކު ވަނީ ބައިވެރިވެފައެވެ. އެމީހުންނާއި އެކު މިނިސްޓްރީގެ މުވައްޒަފުން ނިކުމެ 10 ކިލޯ އަދި 13 ކިލޯގެ ތުތިބޯވަދިލަ މަސްތަކެއް ވަނީ ބާނާފައެވެ.
ފިޝަރީޒް މިނިސްޓްރީން ހިންގި މި ތަމްރީން ޕްރޮގްރާމްގެ ބައިވެރިންނަށް ތުތިބޯވަދިލަ މަހުގެ މަސްވެރިކަން ކުރުމަށް ބޭނުންވާ އާލާތްތައް މިނިސްޓްރީން ފޯރުކޮށްދޭނެއެވެ. އަދި ވަކި މުއްދަތަކަށް ބަހާލައިގެން އެތަކެއްޗަށް އަގު ދެއްކޭނެ އިންތިޒާމު މިނިސްޓްރީން ހަމަޖައްސާނެއެވެ.
ތުތި ބޯވަދިލަމަހުގެ މަސްވެރިކަމުގެ ތަމްރީން ޕްރޮގްރާމް ހިންގާފައިވާއިރު ރާއްޖޭގައި އާއްމުކޮށް ކުރާ ބާވަތެއްގެ މަސްވެރިކަމެއް ނޫނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް