ގުދުސް މަޝްވަރާގައި ބައިވެރިވުމަށް ސްޓޭޓް މިނިސްޓަރ ޚަލީލް ސައުދީއަށް!
މުސްލިމުންގެ މުގައްދަސް ބިނާއެއްކަމުގައިވާ މަސްޖިދުލް އަގްސާ ހުންނަ ޤުދުސްއާއި ގުޅޭ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަތުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޚަލީލް ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.
އެބޭފުޅާ މިއަދުގެ ވަގުތެއްގައި ފުރާ ވަޑައިގެންނެވީ ޖިއްދާގައި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީން) ބާއްވާ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަތުމަށެވެ.
އޯއައިސީން މައުލޫމާތު ދޭގޮތުގައި ގައުމުތަކުގެ ޚާރިޖީ ވަޒީރުންެގެ ފެންވަރުގައި ބާާއްވާ މި ބައްދަލުވުމުގެ އަމާޒަކީ ގުދުސްގައި އިޒްރޭލުން ހިންގަމުންދާ އަމަލުތަކާއި ބެހޭގޮތުން މަޝްވަރާކުރުމެވެ.
އެގޮތުން އިޒްރޭލުން ގުުދުސްގެ އަގްސާ މިސްކިތް ކައިރީގައިވާ ސިލްވާން އަވަށުގައި "ޕިލްގްރިމްސް ޕާތް" ގެ ނަމުގައި ތަނެއް ހުޅުވައި، އެތަނުގައި ބާާރު ހިންގަމުންދާ މައްސަލައާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.
އަދި މީގެ އިތުރުން ގުދުސްގައިވާ ފަލަސްތީނުގެ އެކިި ބިންތައް ގަދަކަމުން އަތުލުމާއި ގެދޮރުތައް ނަގައި، އަރަބި ހަޟާރަތުގެ އަސަރުތައް އެތަނުން ނައްތާލުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ވާހަކަ ދެއްކުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ފޮޓޯ: މިހާރު
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް