އެ ސަރަހައްދު ވަނީ މީޑިއާތަކާއި އެމްބިއުލާންސް ތަކަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފައި-- ފޮޓޯ: ދަ ޑެއިލީ ގާޑިއަން
އެ ސަރަހައްދު ވަނީ މީޑިއާތަކާއި އެމްބިއުލާންސް ތަކަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފައި-- ފޮޓޯ: ދަ ޑެއިލީ ގާޑިއަން
ދުނިޔެ 19 Oct 2024 | 07:50

ނަތަންޔާހޫގެ ގެއަށް އަމާޒުކޮށް ޑްރޯން ހަމަލާއެއް ފޮނުވާލައިފި

އިސްރާއީލުގެ އަނިޔާވެރި ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫގެ ގެއަށް ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުން ފޮނުވާލި ޑްރޯން ހަމަލާއެއް އަމާޒުވެއްޖެއެވެ.

އިސްރާއީލުގެ އުތުރުގައި އޮންނަ ސީސަރިއާގައި ހުންނަ މި ގެއަށް ހަމަލާ އަމާޒުވިއިރު، ނަތަންޔާހޫގެ ތަރުޖަމާނު ބުނީ އެއްވެސް މީހަކަށް އެ ހަމަލާގައި ގެއްލުމެއް ލިބިފައިނުވާކަމަށެވެ.

ނަތަންޔާހޫގެ އޮފީހުން ވަނީ މިހަމަލާ އަމާޒުވި ވަގުތު ނަތަންޔާހޫ ހުރި ތަނާއި، ހަމަލާއާއި ގުޅޭ އިތުރު ތަފްސީލު ދިނުމަށް ދެކޮޅު ހަދާފައެވެ.

މީގެ ކުރިން ޔަހޫދީ ފައުޖުން ވަނީ ހިޒްބުﷲ ޖަމާއަތުން ޑްރޯނެއް ފޮނުވާލާފައިވާ ކަމަށާއި އެ ޑްރޯން އިސްރާއީލުގެ އިމާރާތަކަށް އަމާޒުވެފައިވާކަމަށް ބުނެފައެވެ. ނަމަވެސް، އޭރު އެމީހުން އެއީ ނަތަންޔާހޫގެ ގެ ކަމަކަށް ބުނެފައެއް ނުވެއެވެ.

ހިޒްބުﷲ އިން ވަނީ މީގެ އިތުރުންވެސް އިތުރު 2 ޑްރޯން ހަމަލާ އިސްރާއީލަށް އަމާޒުކޮށް ފޮނުވާލާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް