އިންތިޚާބަށްފަހު މޯދީ ފުރަތަމަވެސް ވަޑައިގަންނަވަނީ ރާއްޖެއަށް!
ބޮޑުވަޒީރުކަމުގެ މަގާމުގެ ދެވަނަ ދައުރުގެ ހުވާ ކުރެއްވުމަށްފަހު ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، އަންނަ މަހުގައި ރާއްެޖެއަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.
ޚާރިޖީ މަސްދަރު ތަކާއި ހަވާލާާދީ އިންޑިޔާގެ ނޫސްތަކުން ރިޕޯޓްކުރާގޮތުގައި މޯދީ ރާއްޖެއަށް ވަޑައިގަންނަވާނީ އަންނަ މަހުގެ ކުރީކޮޅުގައެވެ.
މޯދީ ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާާހިމް މުހައްމަދު ސޯލިހުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށްވެސް ރާއްޖެއަށް ވަޑައިގެންފައެވެ.
ރައީސް ސޯލިހު ވަނީ މޯދީގެ ބީޖޭޕީން އިންޑިޔާގެ އާންމު އިންތިޚާބުގައި ހޯދި ބޮޑު ކާމިޔާބީއާ ގުޅިގެން މޯދީއަށް މަރުހަބާ ވިދާޅުވެފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް